ads
ބުޅާތަކެއް-- ފޮޓޯ: ޖައުޝަން
މަރާލާ ކޮންމެ ތިން ބުޅަލަކަށް އުނގޫފާރު ކައުންސިލުން 100 ރުފިޔާ ދެނީ
ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެ ބުޅާ މަރާ މީހުންނަށް ފައިސާ ދީގެން އެރަށުން ބުޅާ މަދުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެ ބުޅާ މަރާ މީހުންނަށް ފައިސާ ދީގެން އެރަށުން ބުޅާ މަދުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އެރަށު ކައުންސިލުން މިއަދު އާންމުކުރި އިއުލާނުގައި ބުނީ ރަށުގައި ބުޅާ އިންތިހާއަށް ގިނަވެފައި ވާތީ ބުޅަލުގެ އުނދަގޫ ކުޑަކުރުމުގެ ގޮތުން ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

އެރަށު ކައުންސިލުގެ ރައީސް އަބްދުއް ނާސިރު ވިދާޅުވީ، ފައިސާ ލިބޭނީ ބުޅާ މަރާލުމަށް ފަހު ކައުންސިލާ ހަވާލުކުރުމުން ކަމަށެވެ. ނަސީރު ވިދާޅުވީ ބުޅާ ކައުންސިލާ ހަވާލުކުރުމުން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލުންނެވެ.

ރަށު ކައުންސިލުން ބުޅާ ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 11:00 އަށް ކައުންސިލް އިދާރާއިންނެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ކުނިވެފައި ހުންނަ ބުޅާ ބަލައި ނުގަންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ނަސީރު ވިދާޅުވީ ބުޅަލުގެ އުނދަގޫ ފޯރާތީ އެކަމުގެ ޝަކުވާ ރައްޔިތުން ކައުންސިލަށް ވެސް ހުށަހަޅާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް