ads
ރޮނާލްޑޯ
ނިއުކާސްލް މެޗުގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ނިއުކާސްލް ހޮނިހިރު ދުވަހު ކުޅޭ މެޗުގެ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

އަމިއްލަ ދަނޑުގައި ނިއުކާސްލްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާއިރު، އެ މެޗުގައި ރޮނާލްޑޯ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ. ރޮނާލްޑޯވަނީ އަލުން ޔުނައިޓެޑަށް ސޮއިކޮށް ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައެވެ. އެކަމަކު ޓީމާ އެކު އޭނާ އަދި ކުރީ އެންމެ ތިން ޕްރެކްޓިހެވެ. އެއީ އިނގިރޭސިވިލާތުގެ ކޮވިޑު ޕްރޮޓޮކޯލްގައި ބުނާ ފަސް ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހުއެވެ. 

ޔުވެންޓަސްއިން އެނބުރި ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓޭޑަށް އައި ފަހު ވަގުތުގެ ޑީލެއްގައެވެ. އަލުން އެނބުރި ޔުނައިޓޭޑަށް ރޮނާލްޑޯ އައިސްފައިވާއިރު، ރޮނާލްޑޯ ޔުނައިޓެޑުން ރިއަލް މެޑްރިޑަށް ބަދަލުވީ ދެހާސް ނުވަވަނަ އަހަރުއެވެ. އޭނގެ ފަހުން ދެން އޭނާ ކުޅުނީ އިޓަލީގެ ޔުވެންޓަސްއަށެވެ. ރޮނާލްޑޯވަނީ ޔުނައިޓޭޑާ އެކު ޗެމްޕިއަންސް ލީގާ، ޕްރިމިއަރ ލީގު ކާމިޔާބުކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް