ads
ކޮފީ - ގުގަލް
ކޮފީ އަށް ދާން ގުޅާ ރައްޓެހިން ކޮބާ؟
ދިވެހިންނަކީ އާންމުގޮތެއްގައި ވަރަށް ބިޒީކޮއް އުޅޭ ބައެކެވެ. ލިބޭ ހުސްވަގުތުގައި ކޮފީތަކަށް ދިއުމަކީ ވަރަށް އާންމު ކަމެކެވެ.

ކަމެއް ނެތި ގިނަ ފަހަރު ދެއަތް އުރާލައިގެން ހުރި ނަމަވެސް ހަގީގަތުގައި ކުރަން ހުރި ކަންކަން ބޮލުގެ އިސްތައްޓަށް ވުރެ ވެސް ގިނައެވެ. އެހެންނަމަވެސް އެއް ބަޔަކު ފާހަގަވެގެން ދަނީ ކިތައްމެ ގިނަ މަސައްކަތެއް ކުރަން ހުރި ނަމަވެސް އެކަންކަން ފަހަތައް ޖަސްސާލާފައި ގިނަ ވަގުތު ކޮފީތަކުގައި ހޭދަކުރާ ބައެއްގެ ގޮތުގައެވެ. އަނެއްބަޔަކު ފާހަގަވެގެން ދަނީ ދުވަސް ފެށުމުގެ ކުރިން ދުވަހުގެ ކުރަން ހުރި ހުރިހާ ކަމެއް ވަކި ޝެޑިއުލްއެއްގެ ތެރެއިން ކުރާ ބައެއްގެ ގޮތުގައެވެ.

ދިވެހިންގެ މެދުގައި ކޮފީ އަށް އޮންނަ ލޯތްބަކީ ދައްކާ ހުސްނުވާނެ ވަހަކައެކެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ފެންނަނީ ރައްޓެހިން އެކަކު އަނެކަކަށް ކޮފީއަކަށް ދާން ގުޅާލުމުން ފިލައިގެން އުޅޭ މަންޒަރެވެ. މިހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކޮންމެ މަހެއްގެ ވެސް މުސާރަ ނަގާ ދުވަސް ކޮޅަކީ "މުސާރަ ލިބިއްޖެ އެއްނު، ކޮބާ ކޮފީ އެއް ނެތް؟' މި ބަސްކޮޅު ޓްރެންޑަކަށްވާ ދުވަސްކޮޅަކެވެ.

އަބަދުވެސް ކޮފީ އަށް ދާނެ މީހުން ތިބެއެވެ. އެހެން ނަމަވެސް ކޮފީ ދޭނެ މީހެއް ނުވެގެން އުޅޭ މަންޒަރަކީ މަދުން ނަމަވެސް ފެންނަ މަންޒަރެ ކެވެ. 

އެހެން ކަމުން ކޮފީ އަކަށް ދާން ރައްޓެއްސަކަށް ގުޅާލުމުން މިގުޅަނީ ކަމަށް ބުނެ ފޯނު ބޭއްވުމަށް ފަހު ދެން އެ ރައްޓެހި މީިހާގެ ފޯނަށް ޖަވާބު ނުދިނުމުގެ އިތުރުން މަގެއްމަތިން ފެނުނަސް ނުފެންނަ ކަމަށް ހަދަނީ އެވެ. ނުވަތަ ވަރަށް ބިޒީ ކަމަށް ބުނެ އަވަހަށް ދަނީއެވެ. 

މިހެން މިކަން ދިމާވާ މައިގަނޑު ސަބަބަކީ ގިނަ ފަހަރަށް ކޮފީތަކުން އަރައިނުގަނެވެނީސް އޮންނަނީ ލިބޭ މުސާރަ ކޮޅު ހުސް ވެފައެވެ. ކުރަން ހުންނަ މުހިންމު ގިނަ ކަންކަން ހުންނަނީ ނުކުރެވިއެވެ. 

އެހެން ނަމަވެސް މިހެން އުޅެމުން ކޮފީއަކަށް އެރޭ ފަހަރަކުން ދެގަޑިއިރު ތިންގަޑީއިރު ވެގެން ދާއިރުވެސް ކޮފީ ނިމޭ ކަމަކަށް ނުވާނެއެވެ. ދައްކާނެ މާގިނަ ވާހަކައެއް ނެތްނަމަ ފޯނަށް ގެއްލިފައިވެސް ތިބެވެއެވެ. 

މީގެ އިތުރުން އަންހެން ކުދިން ގިނަ ފަހަރަށް ކޮފީއަށް ދަނީ އިންސްޓަގްރަމް ނުވަތަ ސްނެޕްޗެޓްގެ ސްޓޯރީ އަޕްޑޭޓު ކޮށްލާށެވެ. އަދި މިގޮތަށް ސްޓޯރީ އަޕްޑޭޓުކުރުމުގައި އާ ތަންތަނަށް ކޮފީއަށް ދިއުމާއި، ބޯން ނުކެރުނަށް ފޮޓޯއަށް ރީތި ކޮފީ އެއް ނުވަތަ ކޮންމެވެސް ކަހަލަ ބުއިމެއް ގެނައުމަކީވެސް ވަރަށް ބޮޑަށް ޓްރެންޑަކަށް ވެފް އޮންނަ ކަމެކެވެ. 

your imageކޮފީ - ގުގަލް

އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ބަލާލާއިރު، ޑިއުޓީ ގަޑީގައި އެކަނި ވެސް ދެތިން ފަހަރަކަށް ކޮފީއަށް ނުދާ މީހެއް މަދުވާނެއެވެ. އެހެންނޫން ނަމަ ދުވަސް ވެސް އޮންނަނީ މާބޮޑަށް ދިގުވެފައެވެ. މީގެ އިތުރުން ދުވަސް ފެށޭނީވެސް ކޮފީއަކުންނެވެ. 

ގިނަ މީހުން ދެކޭގޮތުގައި ކޮފީތަކުގައި ގަޑި ދެގަޑީއިރު ހޭދަކުރަނީ،، "ގޮސިޕް" ނުވަތަ މީހުންގެ މަސް ކެއުމުގައެވެ. ކަން ވަނީވެސް ގިނަ ފަހަރަށް އެހެންނެވެ. ކޮފީއަކަށް އެރުމަށް ފަހު "އަންހެން" ވިޔަސް އަދި "ފިރިހެން" ވިޔަސް ގިނަ ފަހަރު ދައްކަނީ ކޮންމެވެސް މީހެއްގެ ވާހަކައެވެ. އެހެން ނޫން ނަމަ ކޮފީއަށް އަރާ އެކަކު އަނެކަކަށް ވާހަކަ ނުދައްކާ ފޯނަށް ގެއްލިފަ ތިބެނީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް