ads
ދީޕިކާ ޕަޑްކޯން
ދުނިޔޭގައި ހުންނަން ބޭނުން ނުވި ދުވަސްތަކެއް ދިޔަ: ދީޕިކާ
އަމީތާބު ބައްޗަން ހުށަހަޅައިދޭ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯ "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ 13 ވަނަ ސީޒަންގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑްކޯން ބައިވެރިވެ ވަނީ ޑިޕްރެޝަންއާ ކުރިމަތިލާ، އެކަމުން އަރައިގަތުމަށް ކުރި މަސައްކަތްތައް ކިޔައިދީފައެވެ.

މި ޝޯގައި ވާހަކަދައްކަމުން ދީޕިކާ ބުނީ އޭނާއަށް ޑިޕްރެޝަންއާއި ކުރިމަތިލާން ޖެހުނީ 2014 ވަނަ އަހަރު ކަމަށެވެ. އަދި ޑިޕްރެޝަންގެ ސަބަބުން އޭނާ ދުނިޔޭގައި އުޅެން ވެސް ބޭނުން ނުވި ދުވަސްތަކެއް ދިޔަ ކަމަށެވެ. އަދި ޑިޕްރެޝަންގެ ވާހަކަ މީހުން ނުދައްކަނީ ކީއްވެތޯވެސް ދީޕިކާ ވަނީ ޝޯގެތެރެއިން ބެލުންތެރިންނާއި ސުވާލު ކޮށްފައެވެ. ޑިޕްރެޝަން އަކީ ވަރަށް ސީރިއަސް ބައްޔެއްކަން ފާހަގަކޮށް ދީޕިކާ ބުނީ ޑިޕްރެޝަންއާއި ހަނގުރާމަ ކުރަމުންދާ މީހުން މިހާރުވެސް އުޅޭނެކަމަށާއި، އެފަދަ އެންމެ މީހަކަށް ނަމަވެސް އެހީތެރިވެދޭން ދީޕިކާ ބޭނުންވާ ކަމަށެވެ.

ޝޯގެ ހޯސްޓް ބޮލީވުޑްގެ ކާމިޔާބު ތަރި އަމީތާބު ބައްޗަން ވަނީ ދީޕިކާ އަށް އޭނާ ތަހައްމަލު ކުރަމުން ދިޔައީ ޑިޕްރެޝަންކަން އެނގުނީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެމުން ދީޕިކާ ބުނީ އޭނާ އަށް ގޮތް ނޭނގޭ ވަރަށް އާދަލާ ޚިލާފު އިހުސާސްތަކެއް އެދުވަސްވަރު ކުރެވުނުކަމަށެވެ. އަދި މީހުންގެ ތެރެޔަށް ނިކުމެ އުޅެން ބޭނުން ނުވުމުގެ އިތުރުން މީހުންނާ ވާހަކަ ދައްކާ ހިތްވެސް ނުވާ ކަމަށެވެ. އަދި އެއްވެސް ކަމެއް ކުރާހިތްނުވެ، ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެކަން ބޮޑަށް ފާހަގަވީ ދީޕިކާގެ މަންމައަށް ކަމަށެވެ. 

your imageދީޕިކާ މަންމައާއި އެކު

ދީޕިކާގެ މަންމައަށް މިކަން ފާހަގަ ވުމުމާ ގުޅިގެން މަންމަގެ އެދުމުގެ މަތިން ސައިކޭޓްރިސްޓަކަށް ދެއްކިކަމަށް ދީޕިކާ ބުނެއެވެ. އަދި ސައިކޭޓްރިސްޓެއްގެ އެހީގައި ޑިޕްރެޝަނުން އަރައިގަނެވުނީ އެތައް ދުވަހެއްގެ ފަރުވާއަށް ފަހު ކަމަށް ދީޕިކާ ބުނެއެވެ.

އަދި މިފަދަ ނަފްސާނީ ބަލި މަޑުކަމަކީ އެކަމުން އަރައިގަތުމަށްފަހުވެސް އެ ހަނދާންތަކާ ދުރަށްދާން އުނދަގޫ ކަމެކެވެ. އެހެން ކަމުން އެކަމުން އަރައިގަތުމަށްފަހު، އެކަމުން ދުރަށްދާން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބަދަލުކުރަން ޖެހުނުކަމަށް ދީޕިކާ ވަނީ ޝޯގައި ވަހަކަދައްކަމުން ބުނެފައެވެ.  

2015 ވަނަ އަހަރު ދީޕިކާ ވަނީ އޭނާ އަށް ޑިޕްރެޝަންގައި ދިމާވިކަންކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކާފައެވެ. އެންޑީޓީވީ ގައި ވާހަކަ ދައްކަމުން ދީޕިކާ ބުނެފައިވަނީ، ކޮންމެ ދުވަހަކުވެސް ހޭލާއިރު އޭނާ އަށް ހުސްކަން އިހުސާސް ކުރެވޭކަމަށެވެ. އަދި އެ އިހްސާސްތައް ބުނެދޭން ނޭނގޭ ކަމަށާއި، ވަކި ސަބަބެއް ނެތިވެސް ރޮވޭކަމަށެވެ. 

މެންޓަލް ހެލްތް އެވެއަރނެސް ޕްރޮގްރާމުތަކަށް ދީޕިކާ ދަނީ މިހާރުވެސް އެކި އެކި ގޮތްގޮތަށް އެހީތެރިވެދެމުންނެވެ. އަދި ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދީޕިކާ އަންނީ އަމިއްލަ ފައުންޑޭޝަނެއްވެސް ހިންގަމުންނެވެ. 

88%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް