ads
ލަމްހާ——
ދަރިފުޅާ އެކު ލަމްގެ ފުރަތަމަ ފޮޓޯ އާއްމުކޮށްފި
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފަައިވަނީ މިދިޔަ މެއި މަހުގެ 28ވަނަ ދުވަހުއެވެ.

އިންސްޓަގްރާމުގައި އަބަދުވެސް އެކްޓިވް ލަމް ދުވަސްކޮޅަކަށް އިންސްޓާއާއި ދުރަށް ޖެހިލި ސަބަބަކީވެސް ބަނޑުބޮޑުވިކަން އެނގުމުން ކަމަށް އޭނާ ބުނެފައިވެއެވެ. 

އެހެންނަމަވެސް އޭނާގެ ފޭނުންނާ އެކު ކުރިއަށް އޮތް ދުވަސްތައް ހިއްސާކުރުމަށް ކެތްމަދުވެފައިވާކަން ހާމަކުރަމުން ލަމްދިޔައީ އޭނާ މަންމަ އަކަށް ވުމަށް ކުރާ ދަތުރުގެ ފޮޓޯތައް ފޭނުންނާއި ހިއްސާކުރަމުންނެވެ. 

މިގޮތުން ބޭބީ ބަންޕުގެ އެތަށް ލޯބި ފޮޓޯތަކަކަށް ފަހު ލަމްގެ ފުރަތަމަ ދަރިފުޅު ލިބުމާއިއެކު، އޭނާގެ ފޭނުންނާއި ވަނީ ދަރިފުޅާއިއެކު ހޮސްޕިޓަލުގައި އިން ފޮޓޯއެއް ހިއްސާކޮށްފައެވެ. 

މިއީ ދަރިފުޅު ލިބުމަށް ފަހު އާއްމުކުރި ފުރަތަމަ ފޮޓޯއެވެ. ނަމަވެސް ދަރިފުޅުގެ މޫނެއް ދައްކާލާފައެއް އަދި ނުވެއެވެ.

your imageލަމް ދަރިފުޅާއިއެކު

ލަމްހާ ކައިވެނިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ) އާ 2017 ވަނަ އަހަރުގަ އެވެ. 

މިހާރު ދެމީހުންގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރުކުރަމުންދިޔަ އިރު، ބައިސްކޯފްގެ ޝޯއަކަަށް މީގެ ކުރިން ދިން އިންޓަވިއުއެެއްގައި ހަޔާތުގެ ބައިވެރިއަކަށް އެކަކު އަނެކަކު ޗޫސްކުރި ގޮތުން ފެށިގެން ކައިވެންޏަކާއި ހަަމައަށް ދިޔުމަށް ވިސްނި ސަބަބުވެސް ދެމީހުން އޭރު ވަނީ ހިއްސާކޮށްފައެވެ.

ފިރިއެއްގެ ގޮތުގައި މުއާ ޗޫސްކުރީ ކީއްވެތޯ އެހެމުން ލަމް އޭރު ބުނީ، މުއާއަކީ ވަރަށް ރަނގަޅު ވަރަށް ކެއާރިން އަދި މަޖާ މީހެއްކަމަށެވެ. ލަމް ބުނީ އެއްވެސް މީހަކީ ޕާޕެކްޓު މީހެއް ނޫންކަމަށާއި، އެކި މީހުންގެ ދިރިއުޅުމުގައި ދިމާވާނީ އެކިކަންކަން ކަމަށްވާއިރު، ލަމް އާއި އެކީ އުޅުމަށްޓަކައި މުއާގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ލަމް އަށްޓަކައި މުއާ ބަދަލުކުރިކަމަށެވެ. ވަރަށް ބައިވަރު ބޮޑެތި ސްޓެޕްސްތަކެއް ލަމްއަށްޓަކައި މުއާ ނެގިކަމަށެވެ.  

އަންބެއްގެ ގޮތުގައި ލަމް ޗޫސްކުރީ ކީއްވެތޯ އެހެމުން މުއާ ވެސް ބުނީ، ހަމަ ވަރަށް ރަނގަޅު ވީމަ ކަމަށެވެ. އެންމެ ފުރަތަމަވެސް މުއާގެ މަންމައަކީ ވަރަށް މުހިންމު މީހެެއްކަމަށް ބުނެފަވާނެ ކަމަށާއި، އެހެންކަމުން ލަމްވެސް މުއާގެ މަންމައަށް ވަރަށް ބަލާ ކަމަށް މުއާ ބުންޏެވެ. 

55%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް