މޯލްޑިވިއެންގެ ފްލައިޓެއްގައި މުވައްޒަފުންތަކެއް----
ރައީސްގެ ބައްދަލުވުން: މުސާރަ މައްސަލަ ހައްލުވެ ޕައިލެޓުން އެނބުރި ވަޒީފާއަށް!
Share
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާއި ކެބިން ކުރޫއިންގެ މުސާރަ މި އަހަރު ނިމުމުގެ ކުރިން ކުރިން ހުރި ވަރަށް ބޮޑުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޔަގީންކަމާއިއެކު ކުރަމުންދިޔަ ހަޅުތާލު ނިންމާލައިފި އެވެ.
Advertisement

މުސާރައިގެ މައްސަލައިގައި މިއަދު ހައްލެއް ލިބިފައިވަނީ ޕައިލެޓުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު އެވެ. 

ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި  އެބައްދަލުވުމުގައި ޕައިލެޓުންނާއި ކެބިން ކްރޫންގެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވި ކަމަށާއި މިމަހުން ފެށިގެން މުސާރަ 80 އިންސައްތަ އިއާދަކޮށްދޭން ރައީސް ވަނީ ނިންމައިފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ގައުމީ އެއާލައިނުގައި މަސައްކަތް ކުރާ ކެބިންކުރޫއިންނާއި، ޕައިލެޓުންނަށް ދެމުން އައި މުސާރަ ވަނީ ކުޑަކޮށްފައެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތު ހަމަޔަކަށް އެޅި ކުރިއަށް އޮތް ޓޫރިޒަމްގެ ހައި ސީޒަނަށްވެސް ބުރަކޮށް މަސައްކަތްކުރަން ޖެހޭއިރު މުސާރައަށް ބަދަލެއް ނާންނާތީ އެމުވައްޒަފުން މިފަހުން ވަނީ ހަޅުތާލުކުރަން ފަށާފައެވެ. އަދި މުސާރަ އިއާދަނުކުރާތީ މޯލްޑިވިއަންގެ ސީޕްލޭން ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނާއި ހެޑް އޮފް ޓްރެއިނިން އަދި ހެޑް އޮފް އޮޕަރޭޝަންސް އިސްތިއުފާ ދީ އަދި އިތުރު މުވައްޒަފުން ވަނީ އިސްތިއުފާ ދޭން ނިންމައިފަ އެވެ. 

އަދި އެފަރާތްތަކުން އެދެމުންދިޔައީ މުސާރަ 100 އިންސައްތައަށް ރުޖޫއުކޮށް ދިނުމަށެވެ. މަބްރޫކް ވިދާޅުވީ، މިމަހުން ފެށިގެން މުސާރަ 80 އިންސައްތަ އިއާދަކޮށްދޭން ރައީސް ނިންމެވި ނަމަވެސް މި އަހަރު ނިމުމުގެ ކުރިން 100 އިންސައްތައަށް މުސާރަ ރުޖޫއުކޮށްދިނުމަށް މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް އަރުވާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް