ads
ޓިކްޓޮކް
ޓިކްޓޮކްގައި ބަރަހަނާ ވި ދިވެހި ފިރިހެނާގެ ބަންދަށް 15 ދުވަސް ޖަހައިފި
ޓިކްޓޮކްގައި އަމިއްލައަށް ބަރަހަނާ ވި ދިވެހި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

"ޔާޔާ" ގެ ނަމުގައި ހަދާފައިވާ ޓިކްޓޮކް އެކައުންޓުން މީގެ ކުރިންވެސް އޭނާ ވަނީ އެތައް ފަހަރަކު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން އުޅޭ ވީޑިއޯތައް އާއްމުކޮށްފައެވެ. އެކަމަށް އާއްމުންގެ ފާޑުކިޔުންވެސް އަމާޒުވެ، އެކި ފަހަރުމަތިން މީގެ ކުރިންވެސް އޭނާގެ މައްސަލަ ފުލުހުންނަށް ހުށެހަޅާފައިވެއެވެ. 

އަންހެން ހެދުން އަޅައިގެން އުޅޭ ވީޑިއޯތައް އާއްމުކުރަމުން ގޮސް އެންމެ ފަހުން އަމިއްލައަށް ބަރަހަނާވެގެން ކުޅެފައިވާ ވީޑިއޯއެއް އޭނާ ލާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭނާއާއި މެދު މިހާތަނަށް ފިޔަވަޅެއް އެޅިފައިނުވާތީ އެކާމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް ފުލުހުން އޭނާ ހައްޔަރުކުރީ ރޭގެ ވަގިތެއްގައެވެ. 

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ބަރަހާނާ ވީޑިއޯ އާންމުކުރި 36 އަހަރުގެ އެމީހާ ހައްޔަރުކޮށް އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ވަނީ ޖަހާފައެވެ. 

މީގެ ކުރިންވެސް އޭނާ ވަނީ އެތައް ފަހަރަކު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން އުޅޭ ވީޑިއޯތައްވެސް އާއްމުކުރަމުންދިޔައިރު އެއްބަޔަކަށް މިކަންކަން ވީ މަޖާ ކަމަކަށެވެ. ޓިކްޓޮކް ޕްލެޓް ފޯމުގައި ދިވެހި ގިނަ ޒުވާނުންތަކެއް ހަރަކާތްތެރިވާއިރު، ބައެއް ފިރިހެނުން އަންހެން ވެގެން އުޅުމާއި، އަންހެނުން ފިރިހެން ވެގެން އެކަމާއި ފަހަރުވެރިވެ ވީޑިއޯތައްވެސް ލަމުންދާކަން ފާހަގަކުރެވެއެވެ. 

އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމާ ގުޅޭ ގޮތުން ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ.”

މާނައަށް ބަލައިލުމުން ވެސް އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް ހުރި ނުބައިކަން އެނގިގެން ދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް