ads
މާފުށި ޖަލުގައި އިއްޔެ ހަަމަނުޖެހުން ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް
މާފުށި ޖަލުގައި ބާރުގެ ބޭނުންކުރި: އައިސީއެސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން މާފުށި ޖަލުގައި އިއްޔެ ބާރުގެ ބޭނުންކުރި ކަމަށް އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް (އައިސީއެސް) އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން މާފުށި ޖަލުގައި އިއްޔެ ބާރުގެ ބޭނުންކުރި ކަމަށް އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް (އައިސީއެސް) އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

އިންސްޕެކްޓާ އޮފް ޕްރިޒަންސް މިހެން ވިދާޅުވެފައި މިވަނީ މާފުށި ޖަލުގައި ރިމާންޑްގައި ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް ކަރެކްޝަންސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނިކޮށެވެ.

އަހްމަދު މިއަދު ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން މާފުށި ޖަލުގައި ކަރެކްޝަންސްގެ އޮފިސަރުންނާއި ރިމާންޑް ބަންދުގައި ތިބި މީހުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގިގެން އޭނާ ދިޔައީ އެކަން މޮނީޓާކުރަމުން ކަމަށެވެ. އެގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ގޮޅިތައް ކައިރިއަށް ދިއުމުން އެކި ކަހަލާ ކާތަކެތި ޖަހައި ކަމަށާއި ވާޖިބުތަކަށް ހުރަސް އަޅާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިކަން އިތުރަށް އޮޅުން ފިލުވުމަށާއި ގޮޅިތައް ބަލައި ފާސްކުރުމަށް އެމްސީއެސްގެ ސީޕީގެ އެދުމުގެ މަތިން އަޅުގަނޑު އިއްޔެ މާފުށި ޖަލަށް ޒިޔާރަތްކުރިން. އަދި ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވި މަންޒަރު އަޅުގަނޑު ވަނީ އޮބްޒާވް ކޮށްފައި. އިއްޔެގެ ސާޗް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުންކޮށްފައިވޭ." އަހްމަދު ވިދާޅުވި އެވެ.



އަހްމަދު އިތުރަށް ވިދާޅުވީ އިއްޔެ ޖަލުގައި ހިނގާދިޔަ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ނަން ބޭނުންކޮށް މީޑިއާ އަށް މައުލޫމާތު ހިއްސާކޮށްފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާފުށި ޖަލުގައި ބަންދުގައި ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް ބުނެ ކަރެކްޝަންސް އިން ނެރުނު ބަޔާން، އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފައިވާއިރު އެ ބަޔާނުގައި ފުލުހުންނާ ގުޅޭގޮތުން ހުރި ވާހަކަތައް ފުލުހުންގެ އިދާރާ އިން ވެސް އިއްޔެ ވަނީ ދޮގުކޮށްފަ އެވެ.

މާފުށި ޖަލުގައި ބަންދުގައި ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ، ކަރުނަގޭސް ޖަހައި މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަދި މިހަމަނުޖެހުންތައް މާފުށި ޖަލުގައި ހިނގަމުން ދިޔައިރު ކޮމިޝަނާ އޮފް ޕޮރިޒަންސް އަބްދުﷲ މުނާޒު އެތަނުގައި ހުންނެވިކަން ވެސް ފޮޓޯތަކުން އެނގެ އެެވެ.

މާފުށި ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކުގެ ފޮޓޯއާއި ވީޑިއޯ އާންމުވުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ މާފުށި ޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑް މީހުންގެ ޝަކުވާ އަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުން ދިއުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭ ގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ. މިކަންތައްތަކަކީ ކަރެކްޝަނުން ވެސް ކަންބޮޑުވާ ކަންތައްތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުހައްމަދުފުޅާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ރިމާންޑްގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް އިއްޔެ މާފުށި ޖަލަށް ޒިޔާރަތް ކުރި ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ ރިމާންޑްގައި ހުރި މީހަކަށް ގޮޅިގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަހުގީގުކުރުމަށްޓަކައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިމާންޑްގައި ތިބި މީހުންނާއި އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ރިމާންޑް މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުން ގެންދިޔަ ނަމަވެސް ޖަލު އޮފިސަރުން ވަނީ ކެތްތެރިކަމާ އެކު އެމީހުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކޮށްފައި ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް