ads
މަސްއޫދު: އޭނާ އަށް ހަމަލަދިނީ ދަގަނޑުބުރިއަކުން
މަސްއޫދަށް ހަމަލާދިން މީހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
ރާއްޖޭ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓަރ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދިވެހި ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ލ. އަތޮޅުގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) ބަންދުން ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ މަހުގެ ދިހަ ވަނަ ދުވަހު ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ކޯޓުން އަހުމަދު ސަމީމް ދޫކޮށްލާފައި ވާއިރު އޭނާ އަކީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދުގެ ލާމް އަތޮޅުގައި އޮތް ކާރުގައި ރޯކޮށްލި މައްސަލައިގައި ވެސް ފުލުހުން ތަހުގީގު ހިންގަމުންދާ މީހެކެވެ. މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރު ކަންވެސް ކޮށްފައިވާ މަސްއޫދުގެ ކާރުގައި ރޯކޮށްލައި ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލުމުން ވެސް އާއްމުން ވަނީ ސޯސަލް މީޑިޔާގައި ވަރަަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކުރިން އާއްމްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއާރު ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ. ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އެރޭ ވަނީ ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ވެސްހޯދާފަ އެވެ. މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަންވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް