ads
ބީޗްވޮލީ ގައި ރާއްޖޭގެ އަންހެން ކުޅުންތެރިއަކު
2021 ވަނަ އަހަރުގެ ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތް ފަށަނީ
އަންނަ އޮކްޓޯބަރު މަހު ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތް ބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަނުން މިއަދު ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ވާގޮތުގައި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރ 07 އިން އޮކްޓޯބަރު 30 ގެ ނިޔަލަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ ދޮންގަނޑު ބީޗް ވޮލީބޯލް ކޯޓާއި، ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައެވެ. 

އޯޕަން އަންހެން އަދި ފިރިހެން ޑިވިޝަންގައި ކޮންމެ އުމުރެއްގެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. 

މުބާރާތުގައި އުމުރުފުރާ ތަކަށް ބަހާލައިގެން، ބައިވެރި ވެވޭ ޑިވިޝަން ތަކަށް ބަލާއިރު 19 އަހަރުން ދަށް އަންހެން އަދި ފިރިހެން ޑިވިޝަންގައި ބައިވެރިވެވޭނީ 31 ޑިސެމްބަރ 2021 އަށް 20 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ. 23 އަހަރުން ދަށް އަންހެން އަދި ފިރިހެން ޑިވިޝަންގައި ބައިވެރިވެވޭނީ 31 ޑިސެމްބަރ 2021 އަށް 24 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ. 

މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ރާއްޖޭގެ ވޮލީބޯޅަ ކުޅޭ ހުރިހާ ފަރާތް ތަކަކަށް ހުޅުވާލެވިފައެވެ. މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިހިނގާ ސެޕްޓެމްބަރ 26 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

މުބާރާތު ގައި ބައިވެރިވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ގަވާއިދު ލިބެންހުންނާނީ ޔޫތު މިނިސްޓްރީގެ ވެބްސައިޓުގައެވެ. އަދި އިތުރު މައުލޫމާތު ބޭނުން ފުޅުނަމަ އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން ނުވަތަ އެމިނިސްޓްރީގެ ހޮޓްލައިން 3317015 ،9895555 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެކަމަށް އެ އިއުލނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް