ads
އެޗްއާރުސީއެމްގެ އާ މެމްބަރަކަށް އައްޔަން ކުރަން ރުހުން ދިން ސަމާއު----
އެޗްއާރުސީއެމްގެ މެމްބަރަކަށް އާ ބޭފުޅަކު އައްޔަކުރަން މަޖިލީހުން ރުހުން ދީފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބު، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ސަމާއު އެޗްއާރުސީއެމްގެ މެމްބަރަކަށް އައްޔަން ކުރަން ރުހުން ދިނީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ އެ މަގާމުގައި ހުންނެވި ނައިވީން އަބްދުﷲ ގެ ދައުރު ހަމަވުމުންނެވެ. އެޗްއާރުސީއެމްގެ މެމްމަބަރަކަށް ވާން ޝައުގުވެރިވާ މީހުން ހޯދަން އިއުލާނު ކުރުމުން، ކުރިމަތިލީ މީހުންގެ ތެރެއިން 14 ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެ ނަންތައް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު، ފާސްކުރީ އެޗްއާރުސީއެމްގެ މެމްބަރަކަށް ސަމާއު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވުމަށެވެ.

ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިފަ އެވެ. އަދި މެލްބަން ލޯ ސުކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ކިޔަވައި ވިދާޅުވި އެވެ. ސަމާއު، އެޓާނީ ޖެނެރަލް އޮފީހާ ގުޅިވަޑައިގެންނެވީ މެއި 6، 2015 ގަ އެވެ. ސިވިލް ލިޓިގޭޝަނާއި ގާނޫނީ ލަފާ ދެއްވުމާއި ގާނޫނު ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް އެ އޮފީހުގައި އޭނާ ކުރެއްވި އެވެ.

ސަމާއު، މިހާރު މަސައްކަތް ކުރައްވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް