ads
ކޮވިޑްގެ ފިޔަވަޅުތަކަށް ލުއި ދިނުމުން ދިއްލީގެ ޝޮޕިން މޯލްތައް ވަނީ ޖޫން މަހު ހުޅުވާލައިފައި-
އިންޑިއާ ޖީޑީޕީ 20 އިންސައްތަ ކުރިއެރުމެއް
މި އަހަރު ދެވަނަ ކުއާޓާގައި އިންޑިއާ ޖީޑީޕީ 20 އިންސައްތަ ކުރިއަރައިފި އެވެ.

މިއަހަރު އިންޑިއާއަށް ބިންދާލި ކޮވިޑްގެ ބިޔަ ރާޅާއެކުވެސް އިންޑިއާއިން ފާއިތުވި އަހަރާ އަޅާ ބަލާއިރު 20 އިންސައްތަ ކުރިއެރުމެއް ހޯދައިފައިވީ ނަމަވެސް އަދިވެސް ކޮވިޑްގެ ކުރީގެ ހާލަތައް ރަނގަޅެއް ނުވެެއެވެ. 

އޭޝިއާގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދެއް އޮންނަ އިންޑިއާގެ އިގްތިސާދު 2020 ވަނަ އަހަރު ދަށަށް ގޮސްފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރި ދުނިޔޭގައި ވެސް އެންމެ ހަރުކަށި ލޮކްޑައުންގެ ސަބަބުންނެވެ.

އެތައް މަހެއް ވަންދެން ވިޔަފާރިތައް ބަންދުކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް އެގައުމުވަނީ ރިސެޝަނަކަށް ގޮސްފައެވެ. 

މިއަހަރު ކުރީކޮޅުވެސް އިންޑިއާއިން ކޮވިޑްގެ ކޭސްތައް އިތުރުވެ އެތައް ހާސް ބަޔަކު މަރުވެގެން ދިޔަ އިރުވެސް ބޮޑު ވަޒީރު މޯދީ ވަނީ ގައުމު ލޮކްޑައުން ކުރުމަށް އައި ޕްރެޝަރުތަކަށް ދެކޮޅު ހައްދަވާފަ އެވެ. 

އެގައުމުގެ އިގްތިސާދު ކުރިއަރަމުން އަންނަނީ ދަނޑުވެރިކަމުގެ ދާއިރާއިންނާ އުފެއްދުންތެރިކަމުގެ ދާއިރާގެ އެކްސްޕޯޓްތައް އިތުރުވަމުން ދާތީ އެވެ. މައިގަނޑު ގޮތެއްގައި އެ ކުރިއެރުންތައް ލިބިފައިވަނީ އެގައުމުގެ އެތެރޭގެ އިގްތިސާދަށް ވުރެ އަވަހަށް ދުނިޔޭގެ އިގްތިސާދު ރަނގަޅުވަމުން އަންނާތީކަމަށް ތަޖުރިބާކަރުން ވިދާޅުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް