ads
ހިނާ ހާން ރާއްޖޭގަައި——
ބޯޑަރު ހުޅުވާލުމާއިއެކު މިފަހަރުވެސް ހީނާއަށް ރާއްޖެއަށް ނައިސް ނުހުރެވުނު
އިންޑިއާގައި ކޮވިޑް ހާލަތު ގޯސްވެ އެތައް ބަޔަކު ބަލީގައި މަރުވަމުންދާ މިދަނޑިވަޅުގައިވެސް ބޮލީވުޑްތަރިން ވެކޭ ހެދުމެއް ހުއްޓައެއް ނުލިއެވެ. އެންމެ ގިނަ ތަރިންގެ ވެކޭ މަންޒިލަކަށްވެސް ވެގެން ދިޔައީ ރާއްޖެއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ބޮލީވުޑްތަރިންނަށް ހުޅުވާލި ހިލޭ ފުރުސަތުގެ ބޭނުން ހިފާ މަޝްހޫރު ގިނަ ތަރިންތަކެއް ދިޔައީ މަހަކު ފަސް ހަ ފަހަރު ރާއްޖެއަށް އަންނަމުންނެވެ. ކޮވިޑަށް ވަރިހަމަ ވެގެން މިއައި ގިނަ ތަރިންގެ ތެރޭގައިވެސް އެންމެ ގިނައިން އައި ތަރިންގެ ލިސްޓުގެ ކުރީގައި އުޅެނީ ހީނާ ހާން އެވެ. 

ހީނާ ވަނީ މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރު ރާއްޖެ އައިސް ފައެވެ. އެއަހަރު އެންމެ ފަހުން އަހަރު ނިމެން އުޅެނިކޮށް ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުވެސް ރާއްޖެ އައެވެ. އެފަހަރުވެސް ކުރަމަތި އައިލެންޑް ރިސޯޓު ގައި ޗުއްޓީ ހޭދަކުރުމަށް ފަހު އިންޑިއާއަށް ދިއުމަށް ފަހު އަނެއްކާވެސް މިއަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއަށް އައިސްފައެވެ.

އެފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހީނާ އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާ އޭނާގެ އާއިލާއާ ވެސް އެކުގަ އެވެ. 

އެފަހުން ރާއްޖެއިން އެނބުރި އިންޑިއާއަށް ދިޔުމަށްފަހުވެސް ހީނާވަނީ އެހެން ގައުމުތަކަށްވެސް ވެކޭޝަން ހެދުމަށް ދަތުރުކޮށްފައެވެ. އެންމެފަހުން އޭނާ ދަތުރުކޮށްފައިވަނީ ގޯއާ އަށެވެ. ގޯއާއަށް އޭނާ ގޮސްފައިވަނީ ޝޫޓިންއަކަށް ލޯބިވެރިޔާ އަދި އާއިލާއާއިއެކުވެސް މެއެވެ.  

ދެން އެނބުރި އިންޑިއާއަށް އައިސްފައިވަނީ ހާޓް އެޓޭކެއްޖެހި ބައްޕަ މަރުވުމާއި ގުޅިގެން މިމަހުގެ 20ވަނަ ދުވަހުއެވެ. ބައްޕަގެ ކުއްލި މަރާއިއެކު، ހީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ހަބަރުވެސް ލިބުނެވެ.

ކޮވިޑް ޖެހުމާއި ބައްޕަގެ މަރުގެ ހިތާމާގައި ސޯޝަލް މީޑިއާ އަދި ވެކޭ ތަކާއިވެސް ދުރުގައި ހުރުމަށްފަހު ރާއްޖޭގެ ރިސޯޓުތައް ސައުތު އޭޝިއާ ފަތުރުވެރިންނަށް ހުޅުމާލުމާއިއެކު މީގެ ތިން ވަރަކަށް ދުވަސްކުރިން ހީނާ އަނެއްކާ ވަނީ ރާއްޖެ އައިސްފައެވެ.

މިހާރު ވެލައްސަރު މޯލްޑިވްސް ރިސޯޓުގައި ވެކޭޝަން ހަދަމުން އަންނަ ހީނާ ދަނީ ރާއްޖޭގައި ހޭދަކުރާ ވެކޭގެ ފޮޓޯތައް ފޭނުންނާއި ހިއްސާކުރަމުންނެވެ.

ގޯއާގައި ހުއްޓާ މިފަހުން ކޮވިޑް ޖެހުނު ހީނާ ގޯއާގައި ހުރި ދުވަސްކޮޅު ކޮވިޑް ޖެހިދާނެކަމަށް އޭނާ ހުރީ ވަކިން ވިލާއެއްގައިވެސް މެއެވެ. އަދި އެފަހަރު އޭނާ ވަނީ މީހުން ސަލާމަތީ ފިޔަވަޅުތައް ވަރަށް ނާޅާކަމަށް ވެސް ބުނެފައެވެ. އެހެންނަމަވެސް އޭނާ އެ ފިޔަވަޅުތަކަށް ވަރަށް ބަލާކަމަށާއި ދަތުރުކޮށް އަބަދު އުޅޭތީ ފިޔަވަޅުތައް ނާޅާ، ނުވިސްނާ އުޅޭކަމަށް ގިނަބަޔަކަށް ހީވިޔަސް އެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅާކަމަށް އޭނާ ބުނެފައިވެއެވެ. 

އެގޮތުން މޯލްތަކާއި ސިނަމާތަކަށް ދާއިރުވެސް އަބަދުވެސް ހުރިހާ ތަނެއް ސެނެޓައިޒް ކުރާކަމަށާއި މަތިމަތިން ދެ މާސްކު އަޅާކަމަށް ވެސް ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް