ads
ޗައިނާއިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ސަފީރު'
ޗައިނާ ސަފީރު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ވަނުން މަނާކޮށްފި
ޗައިނާއިން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ވަނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެ، ސަފީރަށް ހަފްލާއަކަށް ދައުވަތު ދީފައިވަނިކޮށް ސަފީރު އެ މަޖިލީހަށް ވަނުން މަނާކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލިސް (ހައުސް އޮފް ކޮމަންސް) ގައި ބުދަ ދުވަހު އޮތް ހަފްލާއެއްގައި ސަފީރު ވާހަކަދައްކަން ހަމަޖެހިފައި ވަނިކޮށް، އެ މަޖިލީހުގެ ރައީސް ވަނީ ސަފީރު މަޖިލީހަށް އައުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލިންޑްސޭ ހޮއިލް ވިދާޅުވީ އެ މަޖިލީހުގެ ބައެއް މެމްބަރުން އުލިގާ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ވާހަކަތައް ދެއްކުމުން ޗައިނާއިން އެމީހުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. 

ޗައިނާއިން އެ މަޖިލީހުގެ މެމްބަރުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް އެ މަޖިލީހުގައި ޗައިނާ ސަފީރު ވާހަކަދެއްކެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

"އަހަރެން އަބަދުވެސް ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ސަފީރުންނާއި އެހެން ގައުމުތަކުގެ މަޖިލިސް މެމްބަރުންނަށް ދައުވަތުދީ ގުޅުން ވަރުގަދަކުރަން." އެކަމަކު އަހަންނަށް ހިއެއް ނުވޭ ޗައިނާ ސަފީރު ހައުސް އޮފް ކޮމަންސްއަށް ގެނައުން އެހާ ރަނގަޅުހެން، އޭނާގެ ގައުމުން ވަނީ މިތާ ބައެއް މެމްބަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި." ހޮއިލް ވިދާޅުވިއެވެ. 

ޗައިނާ ސަފީރު ހައުސް އޮފް ކޮމަންސް އަށް ވަނުން މަނާކުރުމުން އިނގިރޭސި ވިލާތުގައި ހުންނަ ޗައިނާ އެމްބަސީއިން ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވާފައެވެ. 

އެގޮތުން ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި އެކަން ސިފަކޮށްފައިވަނީ ވަކި ބަޔަކު ސިޔާސީ މަންފާއަށްޓަކައި ކުރި ތާކުންތާކު ނުޖެހޭ ފިނޑި އަމަލެއްގެ ގޮތުގައެވެ.  އަދި ވަކި ބަޔަކު ސިޔާސީ މަންފާއަށްޓަކާ ކުރި ކަންތަކުގެ ސަބަބުން ގެއްލުން ވާނީ ދެގައުމުގެ ރައްޔިތުންނަށް ކަމަށް ބަޔާނުގައި ބުނެއެވެ.

"އުލިގާ މީހުންނަށް އަނިޔާވެރިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާތީ" ކަމަށް ބުނެ ޖޫން މަހު ޗައިނާއިން ވަނީ އިނގިރޭސި ވިލާތުގެ 9 ސިޔާސީ މީހުންނާއި ވަކީލުންތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް