ads
ހެލްތު މިނިސްޓަރު އަހްމަދު ނަޝީމް-----
ޒުވާނުން މަސްތުވާތަކެތިން ސަލާމަތް ކުރަންވީ ގޮތެއް ނޭނގޭ: ހެލްތު މިނިސްޓަރު
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފޮހެނުލެވިގެން އުޅެނީ އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭންޖެހޭ ގޮތް އެއް ގޮތަކަށްވެސް ނޭނގޭތީ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަޝީމް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ), ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ. އެންޑީއޭ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައިވަނީ އެ އެޖެންސީ ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓަރު އަހްމަދު ނަޝީމް މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ވަބާއަކީ ޑްރަގުގެ ވަބާ ކަމަށާއި، އެ ވަބާގައި ޖެހިފައިވާ ވަރަށް ގިނަ ކުދިންނަށް މިހާރުވެސް ދަނީ ފަރުވާދެމުން ކަމަށެވެ. 

އެގޮތުން ޑްރަގުގެ ވަބާގައި ޖެހިގެން ފަރުވާހޯދަމުންދާ 3000 އެއްހާ ކުދިން އެބައުޅޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކުދިން އަލުން އަނެއްކާވެސް މުޖުތަމައު ތެރެއަށް ނިކުތުމާއިއެކު ވަބާގެ ތެރެެއަށް އެބުރިދާ ސަބަބު ހޯދުމަށް ހެލްތު މިނިސްޓަރު ކަމާއި ހަވާލުވެގެން އެކަން ދިރާސާކޮށް ބެލިއިރު، ވަބާގައި ޖެހިފައިވާ ކުދިންނަށް ފުރިހަމަ ފަރުވާއެއް ހޯދައިދޭނީ ކިހިނެތް ކަން އެގިފަނެތްކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިރާސާތަކެއް ހެދި އެކުދިންނަށް ބޭނުންވާ ރަނގަޅު ފަރުވާ ދެވޭނެ ނިޒާމެއްވެސް ގާއިމު ކުރެވިފައި ނުވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

" އަޅުގަނޑު މިކަމާއި ހަވާލުވެގެން މި ދިރާސާކޮށް ބެލިއިރު އަޅުގަނޑުމެންނަކަށް އަސްލު ހަގީގަތުގައި ނޭނގޭ މިކަނަތައް ކުރަންވީ ގޮތެއް. ހަމަ ވަރަށް ތެދުތެދަށް ސާފުކޮށް މިދަންނަވަނީ މިހާތަނަށް އަޅުގަނޑުމެންނަކަށް ނެތް އެކަށީގެންވާ ގޮތެެއްގައި މިކަންކަން ދިރާސާ ކުރެވިގެން މިއަށް ފަރުވާދެވޭނެ އިންތިޒާމުތަކެއް ހަަމަޖެއްސިފައި. އެހެންވީމަ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ގަބޫލުކުރާ ހިތްވަނީ އަޅުގަނޑުމެންނަށް މިކަން ނޭނގޭކަން އަދި ރަނގަޅަށް އެހެންވީމަ އެ ދިރާސާތައް އަޅުގަނޑުމެން ފަހެއް މެއި ގައި އަޅުގަނޑުމެންނަށް މިކަންތައްތައް ހަވާލުވުމާއި ގުޅިގެން ފެއްޓީ" މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކުރެވުނު އެއްކަމަކީ ޑްރަގް އެޖެންސީ މަސައްކަތް ކުރާނެ ތަނެއް ނެތްކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތް މިހާރު ކުރަމުންދާ ތަނަކީ ކަތަރުފަނިކައި ހަލާކުވެ، އިންސާނުންނަށް މަސައްކަތް ކުރެވޭ ފަދަ ތަނެއް ނޫންކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އެމަނިކުފާނުގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ އެފަދަ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. 

އަދި މިހާރު ޑްރަގް އެޖެންސީގެ މަސައްކަތްތައް ކުރުމަށް އާ އިމާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާދެއްވާފައިވާ ކަން ފާހަގަކުރަމުން މިިނިސްޓަރު ވިދާޅުވީ، މަސައްކަތް ކުރާތަނުގައި ރަނގަޅު މާހައުލެއް އޮވެގެން ނޫނީ މިފަދަ ބޮޑު މައްސަލައަަަކަށް ހައްލު ނުގެނެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ދެން މަސައްކަތް ކުރެއްވީ އެންޑީއޭގެ ރިވިއު ޓީމެއް އުފައްދަން ކަމަށެވެ. އެ ރިވުއުގެ މަސައްކަތްތައް ފެންނަ ޕްރެޒެންޓޭޝަނެއް މިއަދުގެ މަޖިލީހުގައި މިނިސްޓަރު ވަނީ ހުށަހަޅާފައެވެ. 

އެގޮތުން 2014 ވަނަ އަހަރު އެކުލަވާލި ދިރާސާއަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނީ އޭރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ފުރާ އުޅެނީ 22 އަހަރާއި 37 އަަހަރާއި ދެމެދުގައި ކަމަށެވެ. ނަމަވެސް މިހާރު އުމުރުގެ ރޭންޖުގެ ނިސްބަތް ވަރަށް ބޮޑަށް ފުޅާވެ މަސްތުވާތަކެތި ބޭނުންކޮށްއުޅެނީ 17 އަހަރާއި 68 އަހަރުގެ އުމުރު ފުރާގެ މީހުން ކަމަށެވެ. ހަމަ އެހެންމެ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާލެއް ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އުމުރުން އަށް އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކޮށްފައިވެ އެވެ. 

މިނިސްޓަރު ވަނީ ނެޝަނަލް ސްޓެރެޖީ ފްރޭމް ވޯކެއް މިހާތަނަށް އެކުލާވާލެވިފައި ނުވާ މައްސަލާއި ބެހޭ ގޮތުން ވެސް މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ އެކަން ނުވެއޮތީ އެއްވެސް ބައެއްގެ އިހުމާލުން ނޫން ކަމަށާއި، އެކަމުގައި ގުޅިގެން މަސަައްކަތަކެއް ކުރެވިފައި ނުވުމުގެ އިތުރުން އެ ސްޓަރްކްޗަ ވެސް ގާއިމުކުރެވިފައި ނެތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އެ ސްޓަރަކްޗަ ގާއިމުކުރުމަށް ކަމާއި ބެހޭ ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަަމަށާއި އެކަމުގައި އެންމެ ބޮޑު މަސައްކަތްތަކެއް ކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް