ads
ފޮޓޯ:އަވަސް
3 ހަފްތާއަށް ފަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް ދަށަށް
މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 38 މީހުން
ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100އިން މަތީގައި އުޅުމަށް ފަހު ތިން ހަފްތާއަށް ފަހު ފުރަތަމަ ފަހަރަށް މިއަދަދު 100އިން ދަށަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 5،526 ސާމްޕަލް ޓެސްޓު ކުރެވިފައިވެއެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 92 މީހުންވެ. މިދިޔަ ތިން ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅުނީ 100އާއި 140އާި ދެމެދުގައެވެ. 

އަތޮޅުތެރޭގެ ރަށްތަކުން މިއަދު 51 މީހުން ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 38 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން ތިން މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 83،162 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 1،832 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.  

ބަލިން ރަނގަޅުވި މީހުންގެ އަދަދު 81،090 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 21 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް