ads
ފެންކުންފުނި…
މިދިޔަ އަހަރު ވެސް ފެން ކުންފުންޏަށް ފައިދާ
ދެހާސް ނަވާރަ ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ވެސް އެމްޑަބްލިއުއެސްސީ ފައިދާވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު ކޮވިޑްގެ ހާލަތުގައި ވެސް ނިމި ދިޔަ އަހަރަކީ އެމްޑަބްލިއުއެސްސީ އަށް ކާމިޔާބު އަހަރެެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެކުރޫ އަހަރަށް ވުރެ މިދިޔަ އަހަރު ފަސް ޕސެންޓުގެ ފައިދާ އަކާ އެކު ކުރިއެރުން އެ ކުންފުންޏަށް ހާސިލްކުރެވުނީ ކުންފުނީގެ މެނޭޖްމަންޓުން، ކުންފުނި ހިންގުމުގަޔާއި އަދި ހަރަދު ކުޑަކުރުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އަދި ކުންފުނީގެ އެންމެ މުހިއްމު ރައުސްލްމާލު ކަމުގައިވާ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.  

ކޮވިޑްގެ އުނދަގޫ ތަހައްމަލު ކުރަމުން ވެސް، ކުންފުނީގެ މުވައްޒަފުން ވަނީ މަޑުޖެހުމެއްނެތި ހީވާގި ކަމާއެކު މަސައްކަތްކުރައްވައި އާންމު ރައްޔިތުންނަށް މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދީފައި ކަން ކުންފުނިން ފާހަގަކުރިއެވެ.

މިދިޔަ 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީ ގެ ފައިދާ އިތުރުވެގެން ގޮސްފައިވާ އިރު، ކުންފުނީގެ ހިދުމަތްތައް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުންފުނީގެ އިންފްރާސްޓްރަކްޗަ ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ވަނީ ރޭވިފައެވެ.

ކުންފުނިން ދެމުންގެންދާ ހިދުމަތުގެ ޔަގީންކަން އިތުރުކުރުމަށްޓަކައި، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒް ކުރެވި، އިތުރު ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ގާއިމް ކުރެވިފައިވާއިރު، އިތުރު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމާއި މާލެ އާއި ހުޅުހުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އޭގެ އިތުރުން ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަކެއް އެ ކުންފުނިން ހިންގަމުން އަންނަ ކަން ފާހަގަކޮށް އެފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީގެ ބައިވެރިވުން އެކުލެވިގެން ވާކަން އެ ކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. 

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި މިކުންފުނީގެ ސީއެސްއާރު ދަށުން އެހީތެރިކަން ފޯރުކޮށްދިން ކަން ވެސް ޖަލްސާގައި ހާމަކޮށްފައިވެއެވެ. 

ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.. 

އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ  ބުރަ މަސައްކަތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރި އިރު އެމްޑަބްލިއުއެސްސީގެ ކުރިއެރުމަށްޓަކައި ކެނޑިނޭޅި ދެއްވަވަމުން ގެންދަވާ އިރުޝާދު ތަކާއި މިކުންފުނިން މިއަދު ދެކެމުން މިދާ ކުރިއެރުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބުރާހިމް މުހައްމަދު ސާލިހަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކަސްޓަމަރުންނާއި ރައްޔިތުން އެ ކުންފުންޏަށް ކުރައްވާ އިތުބާރަށްވެސް އެ ޖަލްސާގައި ޝުކުރު އަދާކޮށްފައިވެއެވެ. 

އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް