ads
ކެޓްރީނާ އަދި ސަލްމާން
ސަލްމާން ކައިވެންޏަކަށް އެދި ކެޓްރީނާއަށް ޕްރޮޕޯސްކުރި
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާން އަކީ މިހާރު ބޮލީވުޑުގައި ހުސްކޮށް ހުރި ތަރިންތަކުގެ ތެރެއިން ކައިވެންޏެެއް ނުކޮށް އެންމެ ގިނަ ދުވަސް ވީ އެއްތަރިއެވެ.

ފޭނުން ތިބީ އޭނާ ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އޭނާއާއި އިންޓަވިއުތަކުގައިވެސް އެންމެ ގިނައިން ކުރިމަތިވާ އެއް ސުވާލަކީވެސް މިއެވެ.

ސަލްމާން މީގެ ކުރިންވަނީ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީ އާވެސް ރަށްޓެހިވެފައެވެ. ނަމަވެސް އެގުޅުން ކައިވެންޏަކާއި ހަމަޔަކަށް ނުދެއެވެ. ފޭނުންނަށް ދެން އެންމެ ކަމުދިޔައީ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އާއި ސަލްމާންގެ ގުޅުމެވެ. 

މިދެމީހުން އެތައް ދުވަހެއް ވަންދެން ރަށްޓެހިވެގެން އުޅުމަށްފަހު ރުޅިވިނަމަވެސް ދެމީހުންގެ އެކުވެރިކަމަކަށް ބަދަލެއް އަދިވެސް ނާދެއެވެ. 

ހަބަރުތައް ބުނާ ގޮތުން ސަލްްމާން ވަނީ ކެޓްރީނާ އާއި ކައިވެނިކުރަން ބޭނުންވެގެން އޭރު ޕްރޮޕޯސްވެސް ކޮށްފައެވެ. އެގޮތުން ކެޓްރީނާގެ އުފަންދުވަހެއް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން ސަލްމާން ވަނީ ކަކޫ މައްޗަށް ތިރިވެ ކެޓްރީނާ ކައިރީ އިންނަން އަހާފައެވެ.

ކެޓްރީނާގެ އާއިލާއާއި، ބޮލީވުޑްގެ ތިން ހާނުން އިންތިޒާމުކޮށްގެން ޕްލޭންކުރި އެ ޕްރޮޕޯސަލްއަށް އެވަގުތު ކެޓްރީނާއަށް ރިއޭކްޓުކުރާނެ ގޮތެއް ނޭނގުނު ކަމަށް ހަބަރުތައް ބުނެއެވެ. ހަބަރުތައް ބުނާ ގޮތުން ކެޓްރީނާ އޭރު ހުރީ ކައިވެންޏަކަށް ރެޑީ ވެގެންނެއްް ނޫނެވެ.

ސަލްމާން އާއި ކެޓްރީނާގެ ގުޅުން ކެޑުމަށްފަހު ކެޓްރީނާ ދެން ރަށްޓެހިވީ ރަންބީރު ކަޕޫރާއެވެ. ހަބަރުތައް ބުނާ ގޮތުން އެފަހުން  ސަލްމާންގެ ކޮއްކޮގެ ޕާޓީއެއް ތެރެއިން މަޖާ ކުރަމުން ސަލްމާން ވަނީ ކެޓްރީނާ އަށް ހާންއަކަށް ވުމުގެ ފުރުސަތު އޭނާ ދިނިން ކަމަށާއި ނަމަވެސް ކެޓްރީނާ ޗޫސްކުރީ ހާން ކަމަށް ބުނެ ޖޯކް ވެސް ޖަހާފައެވެ.

ކެޓްރީނާ އާއި ރަންބީރުގެ ގުޅުންވެސް ފަހުން ކެނޑި މިހާރު ކެޓްރީނާ ހުރީ ހުސްކޮށެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުން އޭނާ ވަރަށް އަވަހަށް ކައިވެނިކުރަންވެސް ދަނީ ވިސްނަމުންނެވެ.

44%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް