ads
ޗޯރީގެ ޕޯސްޓަރު…
ނުޝްރަތުގެ “ޗޯރީ” ނޮވެމްބަރުގައި ރިލީޒްކުރަނީ!
“އަޖީބް ދާސްތާންސް” ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނުޝްރަތު ބަޗޫރާގެ ފުރަތަމަ ބިރުވެރި ފިލްމު “ޗޯރީ” އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ތާވަލްކޮށްފިއެވެ.

އެހެން ނަމަވެސް ފިލްމު އަޅުވާނީ ނޮވެމްބަރު މަހުގެ ކޮން ދުވަހެއްގައި ކަމެއް ސީދާ ހާމަކޮށްފައެއް ނުވެއެވެ. “ޗޯރީ” ވެސް އަންނާނީ އެމޭޒޯން ޕްރައިމް ވީޑިއޯ އަށެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓްކުރި އެ ފިލްމުގެ މޯޝަން ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާއިރު “ޗޯރީ” އަކީ  ވިޝާލް 2017 ގައި ގެނެސްދިން މަރާޓީ ފިލްމު "ލަޕަޗައްޕީ" ގެ ރިމޭކެކެވެ.

ފިލްމުގެ ލީޑު ތަރި ނުޝްރަތު މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ވެސް ވަނީ އެ ފިލްމާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އޭނާގެ ތަފާތު ރޯލެއް އެ ފިލްމުގައި ފެންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ނުޝްރަތުގެ އިތުރުން ދެން އެ ފިލްމުން ފެންނާނީ މިތާ ވަޝިސްތު، ރާޖޭޝް ޖައިސް، ޝަގޫން ޝަރުމާ އަދި ސޯރަބް ގޯޔަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް