އޮނަތިރީސް މެޗަށް ފަހު ކުއްލި ގޮތަކަށް މުބާރާތް މެދު ކަނޑާލީ ކޮވިޑު ކޭސްތަކެއް ޓީމުތަކުގެ ކޭމްޕުން ފެނުމުން މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު އިންޑިޔާގައި މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް ބާކީބައި ކުރިއަށް ގެންދަން ނިންމާފައިވަނީ ޔޫއޭއީގައެވެ.
އާދިއްތަ ދުވަހު ކުޅޭ މެޗުގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްއާ ޗެންނާއީ ސުޕަރ ކިންގްސްއެވެ.
މުބާރާތުގެ ކުޅުން މެދު ކަނޑާލިއިރު މުބާރާތުގައި ކުޅެން ޖެހޭ ފަސްފޮޅަސް މެޗުގެ ތެރެއިން އޮނަތިރީސް މެޗުގެ ކުޅުންވަނީ ނިމިފައެވެ. މިދިޔަ އަހަރުގެ މުބާރާތްވެސް އެކި ފަހަރު މަތިން ފަސްކުރުމަށް ފަހު ބޭއްވީ ޔޫއޭއީގައެވެ.