ads
އައްޑޫ ސިޓީ-
ހުކުރު ވަގުތާއި ދިމާކޮށް ޒަހަމުކޮށްލި ޒުވާނާގެ ހާލު ސީރިއަސް!
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި 29 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ކައުންސިލުން ބުނީ، އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، ހާލު ވަރަށް ސީރިއަސް ކަމަށެވެ.

އޭނާއަށް ހަމަލާދީފައިވަނީ އެ ރަށު ފްލެޓް ސަރަހައްދުގައި، ގޭންގަކުން ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން މިހާތަނަށް ބެލިބެލުމުން އޭނާއަށް ވަނީ ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމުކޮށްލާފައި ކަމަށް އެއިދާރާއިން ބުނެއެވެ.

ފުލުހުން މިހާރު މިހާދިސާ ތަހުގީގު ކުރަމުންދާއިރު، މިކަމާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހަމަލާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:08 ގައި ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް