ads
ކާމިޔާބީގެ ތަޅުދަނޑި
ދިރިއުޅުން ކަމިޔާބު ކުރަން ބޭނުން ނަމަ މިކަންކަމާއި ދުރުވޭ
ދިރިއިޅުމުގައި ކާމިޔާބު، ބަލައި ގަންނަ ޝަހުސިއްޔަތަކަށް ވުމަށްޓަކައި ކޮންމެ މީހެއްގެ ގައިގަ ވެސް ހަރުލައްވަން ޖެހޭ ސިފަތަކެއް ހުރެއެވެ. އެއީ ކެއްތެރިކަމާއި، ކެރުމާއި ހިއްވަރާއި ގުރުބާނީތަކުގެ އިތުރުން ތިމާގެ އަމިއްލަ ވަންތަކަމެވެ. އެގޮތުން ކުރެވޭ ނޭދެވޭ ފަސް ކަމަކުން ކޮންމެ ހެން ހަދާފަ ނަމަވެސް ދުރުވާން އެބަޖެހެ އެވެ.

ފުރަތަމަ ކަމަކީ ބޭކާރު ހިޔާލުތައް ކުރުން ހުއްޓާލުމެވެ. ނުވަތަ ހޭލާހުރެ ބަލާ ހުވަފެންތައް ބެލުން ހުއްޓާލުމެވެ. ސަބަބަކީ އެފަދައިން ބަލާ ހުވަފެނުގައި ތިމާ ސިފަ ކުރަމުން ގެންދާނީ ތިމާ ހާސިލު ކުރަންބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ހާސިލު ކުރާ މަންޒަރެެވެ. އެ ހިޔާލީ ދުނިޔެއިން ހޭލެވި މަސައްކަތް ކުރަމުންދާ ހިނދު މި ބުނަނީ ކީ ކޭކަން އެނގޭނެއެވެ.  މާނައަކީ މިބުނަނީ ތިބާގެ މޯޓިވޭޝަން ގެއްލޭނެ ވާހަކައެވެ.

your imageކޮއްގެން ނުވާނެ ކަންކަން ދެނެގަނެ އެކމަށް އަމަލީ ސިފަ ގެންނަން ވީވަރަކުން މަސައްކަތް ކުރާށެވެ

ދެވަނަ ކަމަކީ ދުވަސް ވަރުގެ ގޮތުން އަންނަ ޓްރެންޑް ތަކެވެ. މީސާލަކަށް އައިފޯން 13 އަށް ބަލާލަމާ ހިނގާށެވެ، އަތުގައި ހުރި ހުރިހާ ރުފިޔާ އެއް ހަރަދު ކޮށްގެން ނަމަވެސް އެފޯނު ގަންނަން މިހާރު ތިވާނީ އަތުކުރި އޮޅާލާފައެވެ.

ތިން ވަނަ ކަމަކީ ދެވަނަ އަށް ކުރަން އެންމެ ރަނަގަޅީ ކޮން ކަމެއް ތޯ ބެލުމެވެ. މިކަން ކުރާ ނަމަ ތިމާ އަށް ދާން ވީ ކޮޅު އޮޅި އެއްވެސް ކަމެއް ހާސިލްނުވެ ބޮއްސުން ލާނީއެވެ. ނުވަތަ ތިމާއަށް ތިމާ އަތުގައި އޮތީ ކޮން އެއްޗެއް ކަމާ މެދު ސުވާލު އުފެދި އަތުގައި ހުރި އެއްޗެއް ވެސް ބީވެގެން ދާނީ އެވެ.

ހަތަރުވަނަ ކަމަކީ ތިމާ ވަށައިގެންވާ ބޭކަރު މީހުންނާއި ދުރުވުމެވެ. ސަބަބަކީ އެކަހަލ މީހުން އަބަދުވެސް ބަލާނީ ތިމާގެ ފުށުން ވާ ފައިދާއެއް އަބަދު ވެސް ހޯދޭތޯ އެވެ. ތިމާ އެމީހުންނަށް ބޭނުން ޖެހޭ ހިނދު އެމީހުން ތިބާ ކާރިޔަކު ނުތިބޭނެއެވެ. އަދި މިކަހަލަ ގުޅުން ތަކުގެ ސަބަބުން ތިމާ އާ އިތުރު ނުތަނަވަސް ކަމާއި ހިތްހަމަ ނުޖެހުމާއި ކުރިމަތިވާނީ އެވެ. ތިމާގެ ގާތުގައި ތިބެން ޖެހޭނީ ތިމާގެ އަގު ވަޒަން ކުރާ ތިމާެކެ ލޯބިވާ މީހުންނެވެ.

ފަސް ވަނަ ކަމަކީ ތިމާގެ އަމިއްލަ މަސްލަހަތައްޓަކައި ނުވަތަ ބައެއްގެ ކުރިމަތީ ތިމާގެ އިއްޒަތް އުފުލުމައްޓަކައި ދޮގު ހެދުމެވެ . މިފަދައިން އަމަލުތައް ގިނަ ފަހަރަށް ފެންނަނީ މުޖުތަމައުން ބާކީކުރާ ކުދިންގެ ފަރާތުންނެވެ. މިއީ އާންމު ނަމުން ނަމަ ފޮނި ކެނޑުމެވެ. ނަމަވެސް ވިސްނަންވީ ކަމަކީ މިކަން ކުރަން ފަށައިފިނަމަ ތިބާއަށް ތިބަާ ކުރަން ހިތު އަޅައިގެން ހުންނަ ކަންކަން ނުކުރެވި ގިނަ ފަހަރަށް ތިމާގެ އަގު މީހުންގެ ކުރިމަތީގައި ވެއޓިގެން ދާނީއެވެ. 

އެގޮތަށް އަދި ނުވި ކަމުގަ ވިޔަސް އެކަނި ވާ ވަގުތު ތިމާއަށް ތިމާގެ އަސްލު ސިފަ ފެނި ދާން ބޭނުންވާ މަންޒިލަށް ނުދެވި އެކަމަށް އޮންނަ ޝައުގުވެރިކަން ވެސް ގެއްލި އެ ދޮގުގެ މަތީ ދެމިހުރެ އެހެން މީހުންގެ ކުރިމަތީ ބޭޒާރުވިޔަ ނުދީ ދެމިހުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހި ތިމާ ދެކެން ބޭނުންވާ ކަންކަން ހާސިލް ކުރަން ބޭނުންވާ ހިއްވަރު ގެއްލިގެން ދެއެވެ.

އަދިވެސް ދުރުވާޖެހޭ އެތައް އެތައް ކަމެއް އެބަހުއްޓެވެ. މިސާލަކަށް މާޒީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ކުރުމުން ދުރުވުން ފަދަ ކަންކަން ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް