ads
އޮސްކާ ބްރޫޒޮން
ސާފު ޗެމްޕިއަންޝިޕުގައި ބަންގާޅު ކޯޗަކަށް އޮސްކާ
އަންނަ މަހު މާލޭގައި ފަށާ ސާފު ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ ކޯޗަކަށް، ނިއުގެ ކުރީގެ ކޯޗު އޮސްކާ ބްރޫޒޯން ހަމަ ޖައްސައިފިއެވެ.

ބަންގާޅުގެ ގައުމީ ޓީމު، އޮސްކާއާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ. ހުކުރު ދުވަހު އޮސްކާއާ ބަންގާޅު ޓީމު ހަވާލުކުރީ ކުރިން އެ މަގާމުގައި ހުރި ޖެމީ ޑޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމަށް ފަހުއެވެ. 

ނިއުގެ ކުރީގެ ކޯޗު އޮސްކާއަކީ ބަންގާޅުގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ ކޯޗެވެ. ބަޝަންދުރާއާ އެކު އޮސްކާވަނީ ދާދި މިދާކަށް ދުވަހު އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތަކަށް މާލެ އައިސްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް