ads
ގައުމީ އަންހެން ޓީމު ޕްރެކްޓިހުގައި
އަންހެން ޓީމު ތަޖަކިސްތާނަށް
އަންނަ ހަފުތާގައި ފަށާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގ މެޗުތަކުގައި ވާދަކުރާ ދިވެހި އަންހެން ޓީމު ތަޖަކިސްތާނަށް ފުރައިފިއެވެ. ދިވެހި ޓީމު ތަޖަކިސްތާނަށް ފުރީ ހޮނިހިރު ދުވަހު ހެނދުނުއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އޮންނާނީ މި މަހުގެ ތޭވީހުން އޮނަތިރީހަށެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން ވިއެޓްނާމާ ތަޖަކިސްތާނެވެ. މި ގްރޫޕުގައި އަފްޣާނިސްތާނުވެސް ކުރިން ހިމެނުނެވެ. އެހެންނަމަވެސް އަފްޣާނިސްތާނުވަނީ ފަހުން މުބާރާތުން ވަކިވެވެފައެވެ.

ދިވެހި ޓީމު ކުޅެން ޖެހޭ ފުރަތަމަ މެޗުގައި މި މަހުގެ އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ވިއެޓްނާމާ ދެކޮޅަށެވެ. އޭނގެ ފަހުން އަންނަ ހަފުތާގެ އާދިއްތަ ދުވަހު ތަޖަކިސްތާނާ ކުޅޭނެއެވެ. ކޮލިފައިންގައި ކުޅެން ޖެހެނީ މި ދެމެޗެވެ. މި ދެ މެޗަށް ތާއްޔާރުވުމުގެ ގޮތުން ދިވެހި ޓީމުންވަނީ ދުބާއީގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް