ads
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުު- ފޮޓޯ: ސީއެންއެމް
ސުޕްރީމް ކޯޓުގެ ނިންމުންތައް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފް ކޮށްފި
ސުޕްރީމް ކޯޓުގެ ނިންމުންތައް ފަސޭހަ ކަމާއިއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރަކާ އެކު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ހިންގުމުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަމާއި، ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ފާއިތުވެދިޔަ އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓާ އެޕްލިކޭޝަން ތަރައްގީކޮށް ބޭނުންކުރަން ފެށުން ކަމަށެވެ. 

ކޭސް ރިޕޯޓާ އެޕްލިކޭޝަނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސް ނެގުމަކަށް ފެށުނު ޕްރޮޖެކްޓެކެވެ. ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނީ އެ އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްގީކުރެވިގެން ދިޔައީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެހީތެރިކަމާއި އެކު ހަދާފައިވާ އެޕްލިކޭޝަންގެ ދެވަނަ ފިޔަވަހި ނިިމިގެންދާއިރު އެ އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ..

ކޮވިޑް 19ގެ އުދަނގޫ ހާލަތުގައި ވެސް ފަސޭހަކަމާ އެކު އަދުލު އިންސާފަށް ވާސިލްވެވޭނެ މަގު ފަހިކޮށްދެވުނު ކަން ފާހަގަކޮށް އެބަޔާނުގައި ބުނީ ސުޕްރީމް ކޯޓަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުނު ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 225 މައްސަލަ އެކެވެ. އެ މުއްދަތުގެ ތެރޭގައި 369 އަޑުއެހުމެއް ބާއްވާފައިވާއިރު 90 މައްސަލައިގައި ހުކުމް ކޮށްފައިވެ އެވެ. މީއީ އޭގެ ކުރީ އަހަރު ހުކުމްކުރެވުނު އަދަދަށް ވުރެ 29 އިންސައްތަ އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް