ads
ދަންޖެހިފައި ހުއްޓާ ފެނުނު އިމާދު----
އިޓަލީގައި މަރުވި އިމާދުގެ ހަށިގަނޑު ރާއްޖެ ގެންނަނީ
އިޓަލީގެ މިލާނުގައި އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެންނަން މަސައްކަތް ކުރަން ފަށައިފި އެވެ.

ދަންޖެހިފައި ހުއްޓާ އިއްޔެ ފެނިފައިވަނީ އިޓަލީ މީހަކާ އިނދެގެން އުޅުނު އުމުރުން 44 އަހަރުގެ ހދ. ނޮޅިވަރަމްފަރު، ވައިމަތީގޭ މަހުމޫދު އިމާދުއެވެ. އޭނަ ދިރިއުޅުނު ގޭގެ ބަގީޗާތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ މައިދައިތައަށް ކަމަށް ވެ އެވެ. 

މައުލޫމާތު ލިބޭ ގޮތުން އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފައެވެ. އާއިލާއިން ބޭނުންވަނީ އިމާދުގެ ހަށިގަނޑު ގެނެސް ރާއްޖޭގައި ވަޅުލަން ކަމަށް ވެއެވެ. އޭނާގެ ހަށިގަނޑު އަދި އޮތީ އިޓަލީ ފުލުހުންގެ ބެލުމުގައި ދަށުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިމާދު އިޓަލީގެ މީހަކާ އިނދެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެއްޖެއެެވެ. އަމިއްލަ ރަށުގައި ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާ އެނބުރި އިޓަލީ އަށް ދިޔައީ މޭ މަހުގެ ތެރޭގައި ކަމަށްވެއެވެ. އަދި އިމާދު މަރުވި އިރު އޭނާގެ އަންހެނުންނާއި އަންހެނުންގެ ބައްޕަ ހުރީ އިމާދުގެ ރަށް ނޮޅިވަރަންފަރުގަ ކަމަށް ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް