ads
ސްރީ ލަންކާ ޓީމު
ފަހު ތައްޔާރީތަކަށް ލަންކާ ޓީމު ސައުދީއަށް
ސާފުގެ ކުރިން އެންމެ ފަހުގެ ތައްޔާރީތަކަށް އަވައްޓެރި ސްރީ ލަންކާއިން ސައުދީއަށް ފުރައިފިއެވެ. ސައުދީ އަރަބިއްޔާގެ ކޭމްޕަށް ފަހު ލަންކާ ޓީމު އަންނާނީ މާލެއަށެވެ.

އަވައްޓެރި ލަންކާއިން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާއިރު، ކުރިން ބެލެވުނީ އެ ޓީމު ދާނީ ގަތަރަށް ކަމަށެވެ. އަދި ގަތަރުގައި ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ ކަމަށްވެސް ކުރިން ބައެއް ރިޕޯޓްތައް ބުންޏެވެ. އެހެންނަމަވެސް ފަހު ވަގުތު ގަތަރުގެ ބަދަލުގައި ލަންކާ ޓީމު ދިޔައީ ސައުދީ އަރަބިއްޔާއަށެވެ.

ސާފް ޗެމްޕިއަންޝިޕް އަންނަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި ފެށޭއިރު، ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާއާ ބަންގްލަދޭޝްއެވެ. އެންމެ ފަހުގެ ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެއާ ލަންކާ، ހުރިހާ ގޮތަކުން އެއްވަރުވެ މުބާރާތުން ކުރިއަށްދާނެ ޓީމެއް ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެ ފަހަރު ގުރުއަތުން ލަންކާ ކެޓިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭންނެވެ.

ލަންކާ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ތައްޔާރީތަކަށް ސައުދީއަށް ދިޔައިރު، އެ ޓީމުގެ ހެޑް ކޯޗަކީ ކުރިން ކުޑަ ދުވަސްކޮޅަކު ރާއްޖޭގައި މަސައްކަތް ކުރި އާމިރު އަލަގިޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް