ރޮނާލްޑޯ
ރޮނާލްޑޯއާ ލިންގާޑުގެ ލަނޑުތަކުން ޔުނައިޓެޑަށް މޮޅެއް
Share
ފަހު ވަގުތު ލިންގާޑް ޖެހި ލަނޑާއެކު ވެސްޓްހޭމް އަތުން ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެއެވެ. ފަހަތުން އަރާ ޔުނައިޓެޑުން މި މެޗުން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
Advertisement

މެޗުގެ ކުރީކޮޅު ވެސްޓްހޭމުން ލަނޑެއް ޖަހައި ކުރި ހޯދިނަމަވެސް ޔުނައިޓެޑުގެ އާ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. މިއީ އަލުން އެނބުރި ޔުނައިޓެޑަށް އައި ފަހުން ރޮނާލްޑޯ ޖެހި ހަތަރުވަނަ ލަނޑެވެ. އޭނާވަނީ ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފައެވެ. ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި އިރު ދެވަނަ މެޗުގައިވެސް ލަނޑު ޖެހިއެވެ. މިއީ ތިންވަނަ މެޗެވެެ. 

އެއް ލަނޑު އެއް ލަނޑުން ފުރަތަމަ ހާފު އެއްވަރުވެފައި އޮތުމަށް ފަހު ދެވަނަ ހާފުގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިންގާޑެވެ. ލިންޑާޑު ކުޅެން ނުކުރީ ޕޮގްބާގެ ބަދަލުގައެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ލިންގާޑަށް ހެދުނު ގޯހެއްގެ ސަބަބުން ޔުނައިޓެޑު އެ މެޗުން ބަލިވެފައިވާތީ ލިންގާޑަށް އަމާޒުވި ފާޑު ކިޔުންތަކަށް އޭނާ ރައްދު މިދިނީ ޖެހިގެން އައި މެޗުގައި މޮޅުވި ލަނޑު ކާމިޔާބުކޮށްދީގެނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ލިންގާޑު މި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައިވަނިކޮށެވެ. 

މެޗުގެ އެންމެ ފަހު ވަގުތުކޮޅު ވެސްޓްހޭމަށް ލިބުނު ޕެނަލްޓީއެއް ޔުނައިޓެޑުގެ ކީޕަރ ޑެހެއާވަނީ ދިފާއު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް