ads
ކަޅުކޮފީ އަށް ލުނބޯ އަޅައިގެން ބުޔުމުން ބަރުދަން ވެސް ލުއިކޮށްދޭ..
ކަޅުކޮފީ އާއި ލުނބޯ: ބަނޑު ހިންދަން ބޯން އެއްވަނަ!
ގިނަ މީހުން އަބަދުވެސް އުޅެނީ ހަށިގަނޑު ފަލަވާތީ ދެރަވެގެންނެވެ. ހާއްސަކޮށް އަންހެން ވެރިން ކުޑަކޮށް ފަލަ ވިޔަސް އެކަމަށް ނުހަނު ކަންބޮޑުވާނެއެވެ.

ފަލަވެ ބަނޑުލާން ފެށުމުން ކެއުމަށް ބަދަލު ގެނެސް ކަސްރަތު ކުރަން ފަށައެވެ. ބައެއް އަންހެން ވެރިން އެކި ކަހަލަ ބޭސް ކައި ބަނޑު ހިންދާ ބެލްޓް ފަދަ އެއްޗެހި އަގުބޮޑުކޮށް ގަނެ ބޭނުން ކުރަން ފަށައެވެ. 

އަގޮބޮޑެތި ސާމާނު ނުގަނެ ބަނޑު ހިންދަން ކަޅު ކޮފީ އާއި ލުނބޯ ބޭނުން ކޮށް އަޖުމަ ބަލައިލާށެވެ. މިއީ ވަރަށް ގިނަ މީހުން މިހާރަކަށް އައިސް ބޭނުންކުރާ އެއްޗެކެވެ.

ހެނދުނު ހުސްގޮހޮރާއި ހުރެ ކަޅު ކޮފީ ތައްޓެއް ގިރައި އެއަށް ލުނބޯ ފަޅި އެއް ފިތާލުމަށް ފަހު ބޯލުމުން ސަރުބީ ވިރުވައިދޭ ކަމަށް ދިރާސާ ތަކުން ވެސް ދައްކައެވެ.

ބޯލަން އުނދަގޫ ރަހައެއް ހުރި ނަމަވެސް މި ކޮފީތަށިން ކުރާ ފައިދާ ބޮޑު ކަމަށް ބުނާ އިރު މި ބުއިމުން ބަރުދަން ވެސް ލުއި ކޮށްދެއެވެ. 

ހެނދުނުގެ އިތުރުން މިގޮތަށް ދުވާލަކު ތިން އިރު ކޮފީ ތައްޓެއް ބޯލެވިދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. 

މީގެ އިތުރުން ތާފަނާ ފެން ނުވަތަ ހޫނު ފެން ވެސް މިއީ ބަނޑު ހިންދަން ބޯން ރަނގަޅު އެއްޗެއް ކަމަށް ތަޖުތިބާކާރުން ވިދާޅުވެ އެވެ. 

71%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް