ads
ޗެންނާއީގެ ބައެއް ކުޅުންތެރިން
އައިޕީއެލް އަލުން ފަށައި ފުރަތަމަ މެޗު ޗެންނާއީއަށް
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދު ކަނޑާލާފައިވާ، އިންޑިއަން ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗު ޗެންނާއީ ސުޕަރ ކިންގްސްއިން ކާމިޔާބުކޮށްފިއެވެ.

ޗެންނާއީން މި މެޗު ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އިންޑިއަންސް ބަލިކޮށްގެނެވެ.

އޮނަތިރީސް މެޗަށް ފަހު ކުއްލި ގޮތަކަށް މުބާރާތް މެދު ކަނޑާލީ ކޮވިޑު ކޭސްތަކެއް ޓީމުތަކުގެ ކޭމްޕުން ފެނުމުން މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު އިންޑިޔާގައި މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް ބާކީބައި އަލުން ފަށާފައިވަނީ އާދިއްތަ ދުވަހު ޔޫއޭއީގައެވެ. މުބާރާތުގެ ކުޅުން  މެދު ކަނޑާލިއިރު މުބާރާތުގައި ކުޅެން ޖެހޭ ފަސްފޮޅަސް މެޗުގެ ތެރެއިން އޮނަތިރީސް މެޗުގެ ކުޅުންވަނީ ނިމިފައެވެ.

އާދިއްތަ ދުވަހުގެ ރޭ، މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްއާ ޗެންނާއީ ސުޕަރ ކިންގްސްގެ މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީން ގަސްދުކުރީ ފުރަތަމަ ކުޅޭށެވެ. ޗެންނާއީން ކުޅެން އަރައި ވިހި އޯވަރު ހަ ވިކެޓަށް ސަތޭކަ ފަންސާސް ހަ ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް މުމްބާއީ އިންޑިއަންސްއަށް ވިހި އޯވަރުން ހެދުނީ ސަތޭކަ ތިރީސް ހަ ލަނޑެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ކޮލްކަތާ ނައިޓް ރައިޑަރސްއާ ރޯޔަލް ޗެލެންޖަރސް ބެންގަލޯރއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް