ads
އުރީދޫއަކީ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރ
ސާފް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަ ޖައްސައިފިއެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި ފަށާ، ސާފް ޗެމްޕިއަންޝިޕަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސޯޅަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިފަހަރު ވާދަކުރަނީ ރާއްޖެ ހިމެނޭ ގޮތުން ފަސް ގައުމެކެވެ. އެއީ އިންޑިޔާ، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ. 

"ފުޓުބޯޅައަކީ އަޅުގަނޑުމެން ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް. ހަމަ އެހެންމެ އުރީދޫއާއިވެސް ވަރަށް ގާތް ކުޅިވަރެއް. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ފަޚުރުވެރިވާކަމެއް. ގައުމީ ފޯރީގައި ބައިވެރިވެ، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި، ފޯރި އާއިއެކު ކުލަގަދަކޮށް މި މުބާރާތް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައގެން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސެން ނިޔާޒު

މި ފަހަރުގެ މުބާރާތުގައި ޕާކިސްތާނާ ބޫޓާން ވާދަނުކުރެއެވެ. ޕާކިސްތާނު ފީފާއިން ސަސްޕެންޑްކޮށްފައިވާއިރު، ބޫޓާން ބައިވެރިނުވަނީ ކޮވިޑާ ހެދި ދަތުރުފަތުރުކުރުމުގެ ހުރި އުނދަގޫތަކުގެ ސަބަބުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަގުގެ ރޭއެވެ. އެރޭ ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ސާފުގެ ޓައިޓްލް ސްޕޮންސަރު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރުގެ އެކިއެކި ހަރަކާތްތަކަށް އަބަދުވެސް ބޮޑު ހޭދައެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް