ads
އަލީ ވަހީދު---
މީގެ ކުރިން ރާއްޖެ އައީ ޑިފެންސް މިނިސްޓަރުކަން ދޭނަމޭ ބުނީމަ: އަލީ ވަހީދު
ވެރިކަން ބަދަލުވެ 2018ވަނަ އަހަރު އެމްޑީޕީ ވެރިކަމެއް ރާއްޖެއަށް ލިބުމުން، އިނގިރޭސި ވިލާތުގައި ހުރެފަ ރާއްޖެއައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް، ޑިފެންސް މިނިސްޓަރުކަން ދެއްވާނެ ކަމަށް ވިދާޅުވުމުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ.

ޖިންސީ ގޯނާގެ އެތައް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވާ ހުންނަވައިގެން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެބުރި ރާއްޖެއައީ 2018 ވަނަ އަހަރު އެމްޑީޕީގެ  ވެރިކަމެއް ގެނެއުމަށްފަހު އަލީ ވަހީދަށް ޑިފެންސް މިނިސްޓަރުކަން ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން  ކަމަށެވެ.

ނަމަވެސް އޭނާއަަށް މިސަރުކާރުން ހަވާލުކުރީ ޓްއަރިސަމް މިނިސްޓްރީއެވެ. އަލީ ވަހީދު ވިދާޅުވީ، އޭނާއަށް ޓްއަރިޒަމް މިނިސްޓަރުގެ މަޤާމު ލިބޭކަން އެނގުނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ 15:30 ކަންހާއިރު ކަމަށެވެ.

ސަރުކާރު އޮރިޔާންވާފަދަ ވާހަކަތަކެއް ހާމަ ކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅެނިކޮށް ޔޫކޭއިން ހައްޔަރުކުރުމުން އެފަހަރު އެވާހަކަތައް އޮތީ ނުދެއްކިއެވެ. 

އަނެއްކާ މިރޭ 09:00 ޖަހާއިރު ނޫސްވެރިންނާއި ބައްދަލުކުރާނެ ކަން އިއުލާންކުރުމަށްފަހު އެ ނޫސްވެރިންގެ ބައްދަލުުވުން މިހާރު ދަނީ ބާއްވަމުންނެވެ. މިރޭގެ ނިއުސް ކޮންފަރެންސްގައި އަލީ ވަހީދު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕީޖީއާ އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ ވާހަކަތައް ހާމަކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް