ads
ކަރީނާ އޭނާގެ ދަރިފުޅު ޖެހެންގިރު އުރާލައިގެން
ޖެހް އެންމެ ވައްތަރީ އޭނާގެ ބޮޑުދާތައާ
ކަރީނާ ކަޕޫރް އަދި ސައިފް އަލީހާން ވަނީ އެދެމަފިރިންގެ ދެވަނަ ދަރިފުޅު ޖެހަންގިރް ( ޖެހް)އަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު މަރުހަބާ ކިޔާފަ އެވެ.

މިހާރު ދަރިފުޅު ވިހެއިތާ ހަތަރު މަސް ވެފައިވާއިރު، އެކުއްޖާ މީޑިއާތަކަށް ދައްކާލާފައެއް ނުވެއެވެ. އެހެން ނަމަވެސް މިފަހުން ކަރީނާ ވަނީ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު އޭނާގެ ބޮޑުދައިތަ ސަބާ ބުނީ ޖެހް އެންމެ ވައްތަރީ އޭނާ އާ ކަމަށެވެ.

ސަބާ ވަނީ އެކަން ސާބިތުކޮށްދޭން ޖެހްގެ ފޮޓޯއަކާ އެކު އޭނާގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ގިނަ ބަޔަކު ބުނީ ސަބާ އާއި ޖެހް ވަރަށް ވައްތަރުކަމަށެވެ.

މިފަހުން ކަރީނާ އާއި ސައިފް އޭނާގެ މައިންބަފައިންގެ ގެއަށް ވަންނަނިކޮށް ޕަޕަރާޒީން ވަނީ ދަރިފުޅު ޖެހްގެ ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. މި ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. 

އިތުރު ދަރިއަކަށް ބަލިވެ އިނުމާއެކު ކަރީނާ އާއި ސައިފް ވަނީ އެމީހުން އުޅެމުންދިޔަ ގޭގެ ބަދަލުގައި އެހެން ގެ އަކަށް ބަދަލުވެފައެވެ. 

ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅަކީ ތައިމުރް އަލީ ހާންއެވެ. އެ ދެމަފިރިންނަށް ތައިމުރު ލިބިފައިވަނީ 2016 ވަނަ އަހަރު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް