ads
ރާއްޖޭގެ ރަށްތައް…ފޮޓޯ/ސޯޝަލް މީޑިއާ
އިތުރު 3 ރަށެއް މޮނިޓަރިންއިން ނަގައިފި، މިހާރު މޮނިޓަރިންގައި 17 ރަށް
އިތުރު ތިން ރަށެއް މޮނިޓަރިންއިން ނަގުމާއިއެކު ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ އަދަދު 17 އަށް ދަށް ވެއްޖެ އެވެ.

އަލަށް މޮނިޓަރިންއިން ނަގާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ލ. މުންދޫ، އާއި އޮގަސްޓު މަހުގެ 28 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ވ. ތިނަދޫއާއި، މިމަހުގެ ހަތަރު ވަނަ ދުވަހު މޮނިޓަރިންއަށް ލީ ރ. ރަސްމާދޫގެ އިތުރުން މިމަހުގެ ހަތްވަނަ ދުވަހު މޮނިޓަރިންއަށް ލި ވ. ފުލިދޫ އެވެ. 

އަދި އަލަށް އިތުރު ރަށެއް މޮނިޓަރިންއަށްވެސް ލާފައިވެއެވެ. އެއީ މިމަހުގެ 19 ވީ އާދިއްތަ ދުވަހު މޮނިޓަރިންއަށް ލީ ގއ. ވިލިގިލީ އެވެ. 

މިހާރު ،މޮނިޓަރިންގައި އޮތް 17 ރަށް:

  1. ރ. ދުވާފަރު
  2. ކ. ގާފަރު
  3. ށ. މިލަންދޫ
  4. ހދ. ނޮޅިވަރަމް
  5. ސ. ހިތަދޫ
  6. ސ. މަރަދޫ ފޭދޫ
  7. ސ. ފޭދޫ
  8. ސ. ހުޅުމީދޫ
  9. ރ. ކިނޮޅަސް
  10. މާޅޮސް
  11. ކ. ގުޅި
  12. ގއ. ގެމަނަފުށި
  13. ގއ. މާމެންދޫ
  14. ތ. ވޭމަންޑޫ
  15. ތ. ދިޔަމިގިލި
  16. ގއ. ވިލިގިލި

މިހާޜު 17 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ރަށަކީ ރ. ދުވާފަރެވެ. ރ.ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، މެއި މަހުގެ 25 ވަނަ ދުވަހު އެވެ. ދެން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރަށަކީ މިދިޔަ އޮގަސްޓު މަހުގެ 20ވަނަ ދުވަހު މޮނިޓަރިންނަށް ލި ގާފަރެވެ. 

އޮގަސްޓުމަހު މޮނިޓަރިންެއަށް ލީ އިތުރު ރަށްތަކަށް ބަލާއިރު، އޮގަސްޓުމަހުގެ 27 ވަނަ ދުވަހު މޮނިޓަރިންއަށް ލި މިލަންދޫއެވެ. ޖެހިގެން އައި 28 ވަނަ ދުވަހު، ނޮޅިވަރަމް، ހިތަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫ މޮނިޓަރިންއަށް ލިއެވެ. މިމަހުގެ ހަތަރުވަނަ ދުވަހު ހުޅުމީދޫ މޮނިޓަރިންއަށް ލީ އިރު، ނުވަ ވަނަ ދުވަހު ކޮނޮޅަސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި 12 ވަނަ ދުވަހު މާޅޮސް، ކިނޮޅަސް މޮނިޓަރިންއަށް ލާފައިވެއެވެ. 

މީގެ އިތުރުން 14 ވަނަ ދުވަހު ގެމަނަފުށި މޮނިޓަރިންއަށް ލީއިރު، 15 ވަނަ ދުވަހު ގެމަނަފުށި، މާމެންދޫ، ވޭމަންޑޫ، އަދި ދިޔަމިގިލި މޮނިޓަރިންއަށް ލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް