ads
ނަޝީދަށް އިންޒާރުދިން މީހާ ފޮޓޯ:---
ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު؛ އެއް މަހަށް ޖަލަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އައިސްފިނަމަ ގެއްލުންދޭނެ ކަމަށް ބުނެ މަރުގެ އިންޒާރުދިން އިސްމައިލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު ދިނުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 1 މަހަށް ޖަލަށް ލަން ހުކުމް ކޮށްފި އެވެ.

ރ. މީދޫގައި ހުއްޓާ މިދިޔަ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ޔާސިފް ހައްޔަރުކުރީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ރައީސް ނަޝީދު ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް ރައީސް ނަޝީދު އަބުރާ ރާއްޖެ އައިސްފިނަ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. 

ޔާސިފް ހައްޔަރުކޮށްގެން ބަންދު ޖަހަން ފުރަތަމަ ގެންދިޔައީ އުންގޫފާރު މެޖިސްޓްރޭޓް ކޯޓަށެވެ. އެ ދުވަހު އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ވެސް 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

އޭގެފަހުން އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގައި ވެސް ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ހުކުމް ކުރުމަށެވެ.

ޔާސިފް ވަނީ ރައީސް ނަޝީދު އަބުރާ ރާއްޖެ އައިސްފިނަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހާދާނަން" ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށްވެސް އޭނާ ވަނީ ފަހުން ރިޕްލައިކޮށް ހައެއް މެއި ގައި އެތަން ފެނުނުކަމަށާއި، ދެން ފަހަރަކުން އެއަށްވުރެ ހިތިވާނެ ކަމަށް ބުނެ ކޮމެންޓުކޮށްފައެވެ. އެކޮމެންޓުތަކުގައި ކަޅުދިދައަކާއި ކަނޑީގެ އިމޯޖީއެއް ވެސް ހިމަނާފައިވެެއެވެ. 

މިފަދަ ގޮތަކަށް ފާޅުކަން ބޮޑުކޮށް މީހަކު އިންޒާރު ދީފައިވާތީ އެމްޑީޕީ މެމްބަރުންވެސް ވަނީ އެމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއަށްފަހު ލިބުނު ޒަހަމުތަކަށް އޭޑީކޭގައި ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެކަށީގެންވާ ރައްކާތެރިކަމެއް ނެތްކަމަށް ބުނެ ރައީސް ނަޝީދު އަދިވެސް ހުންނެވީ ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންފައެެވެ.

ރާއްޖެ އައިސްފިނަމަ އަލުން ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދީފައި މިވަނީ، އަދިވެސް އެފަދަ ހަމަލާއެއް އައިސްދާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ވިދާޅުވެ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަވަހަށް ވަރަށް ގިނަ ބަަޔަކު ހައްުޔަރުކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމަނުކުފާނު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދޭ ގަރާރެއް ވެސް ގައުމީ މަޖިލީހަށް ހުށަހަޅާ އެ ފާސްކޮށްފައެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައެއްް ނުވެއެވެ.  

އަދި މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން ފާހަނގަވި ކަންކަން ރަނގަޅުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ކަށަވަރު ކުރުމަކާނުލާ ނަޝީދު އެނބުރި ރާއްޖެ އައުމަކީ ރުހޭ އަދި އެދޭކަމެއް ވެސް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން، ހަސަން ލަތީފު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

މަޖިލީހުގެ 241 ކޮމިޓީން ނެރުނު ގާތްގަނޑަކަށް 270 ގަނޑުގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނާފައިވެއެވެ. އެގޮތުން މެއި މަހުގެ ތެރޭގައި ހަމަލާ ދީފައިވަނީވެސް އެތަށް އިންޒާރުތަކެއް ލިބުމަށްފަހުން ކަމަށްވާއިރު، އެއިންޒާރުތަކަށް އިދާާރާތަކުން މާބޮޑު އަހުމިއްޔަތުކަމެއް ދީފައި ނުވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ، އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެވާހަކަ މިނިސްޓަރު މާރިޔާ އަރިހުގައި މެއި މަހުގެ ހަތަރުވަނަ ދުވަހު ހިއްސާކޮށްފަ ވަނިކޮށް ފިޔަވަޅެއް ނާޅާ އޮއްވާ ރައީސް ނަޝީދަށް ޓާގެޓުކޮށް ހަަމަލާދިނީ އޭގެ ދެދުވަސް ފަހުން މެއި މަހުގެ ހަވަނަ ދުވަހު އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް