އަނަންޔާ ރާއްޖޭގައި
އަނަންޔާވެސް ބުނީ ރާއްޖޭގެ ތިމާވެށި ސަލާމަތް ކުރަންޖެހޭ ކަމަށްް
Share
މަޝްހޫރު ބޮލީވުޑްތަރި އަނަންޔާ ޕާންޑޭ މިހާރު ދަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
Advertisement

އޭނާ ރާއްޖެއައިސްފަައިވަނީ މީގެ ހަތަރު ދުވަސްކުރިންނެވެ.

އޭނާ ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯތައްވެސް ހިއްސާކުރަމުންދާއިރު، އިއްޔެ އަނަންޔާ ވަނީ ވެލައަކާއި އެކީ ފީނާ މަންޒަރު ފެންނަ ވީޑިއޯއެއް ފޭނުންނާއި ހިއްސާކޮށްފައެވެ.

މި ވީޑިއޯ ހިއްސާކޮށް އޭނާ ބުނީ ވެލައަކާއިއެކީ ފީނާލަން ލިބުމަކީ އޭނާ މިހާތަނަށް ތަޖުރިބާކުރި އެންމެ ތަފާތު ތަޖުރިބާ ކަމަށެވެ.

އޭނާ ބުނީ ދުނިޔެއަކީ އެފަދަ އަޖައިބު ކުރުވަނިވި އެތައް ތަފާތު އެއްޗެއްގެ ގެ ކަމަށާއި، ދުނިޔެއަކީ ބޮޑު އަދި ރީތި ތަނެއް ކަމަށެވެ.

އެހެންކަމުން ވެލާ ފަދަ ތަކެއްޗަށް ރައްކާތެރިކަމާއި ހިމާޔަތްދީ އެފަދަ ތަކެތި ދިރިއުޅޭ ރާއްޖެފަދަ ރީތި ގުދުރަތީ މާހައުލުތައް ހަލާކުނުވަނީސް ސަލާމަތްކޮށް ރައްކާތެރިކުރުން މުހިންމު ކަމަށް އޭނާ ބުނެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް