ads
މަސްއޫދު: އޭނާއަށް ހަމަލަ ދީފައިވަނީ ސައްކަލެއްގައި ދުއްވަމުންދަނިކޮށް
މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ޕީޖީން ދައުވާ އުފުލައިފި
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗައް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލާފި އެވެ.

މިހާރު އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ މަސްއޫދަށް ހަމަލާދިން މީހާގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޤާނޫނު ނަންބަރު 17/2010   ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ. މި ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދަށް ޖަލައްލުމެވެ.

your imageމަސްއޫދަށް ހަމަލާދިން މީހާ-

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެމައްސަލާގައި ހައްޔަރު ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗަށެވެ. އޭނާ އަކީ މިދިޔަ ޑިސެމްބަރު މަހު ލ އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.

your imageމަސްއޫދުގެ ކާރުގައި ރޯކޮށްލާފައި--

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއާރު ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ. ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް މަސްއޫދު ވަނީ އެރޭ ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާވެސް ހޯދާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް