ads
ހަތަރު ވަނަ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ
ހަތަރުވަނަ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހަތަރުވަނަ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި އަށް މީހުންގެ ތެރެއިން މީހަކު މިއަދު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެކުރިން ވަނީ ދެ ކުޑަކުދިންނާއި ބޮޑު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ. ހިމަބިހި ޖެހިފައިވާ މީހާ އަކީ ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ހިމަބިހި ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރުހީވެފައި މިވަނީ މި ބަލި ރާއްޖެއިން ނައްތާލިތާ ދޮޅު އަހަރު ފަހުން މިމަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކުއްޖަކު ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ.

ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.

ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް