ads
ޝެހެނާޒް އަދި ސިދާތު——
ޝިދާތުގެ ކުއްލި މަރު: ޝެހެނާޒަށް އަދިވެސް ވާހަކަ ނުދެއްކޭ!
މިމަހުގެ ދެ ވަނަ ދުވަހު ކުއްލި ގޮތަކަށް ސިދާތު މަރުވުމާއެކު ގިނަ ބަޔަކަށް ލިބުނީ ކުއްލި ޝޮކެކެވެ. ވަކިން ހާއްސަކޮށް ސިދާތުގެ ގާތް މީހުންނަށް މިއީ ހީވެސް ކުރި ފަދަ ކަމެއް ނޫނެވެ.

ސިދާތުގެ މަރާއެކު އެންމެ ބޮޑު ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހުނީ ޝެހެނާޒް އެވެ.

ބިގް ބޮސް 13 ކާމިޔާާބުކުރި ސިދާތު ޝޯޯ ފެށިގެން ގޮސް ނިމެންދެން ވެސް ޝެހްނާޒް އާ ހާއްސަ ގުޅުމެއް އޮތެވެ. އަދި ސިދާތުގެ އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ސިދާތު އާ ޝެހްނާޒް އާ ދެމެދު ހާއްސަ ގުޅުމެއް އޮތެވެ.

ސިދާތު  އާއި  ޝެހެނާޒް  އެކުގައި  ފެނިގެން  ދިޔަނަމަވެސް  މި  ދެތަރިން  ލޯބީގެ  ގޮތުން  ގުޅިގެން  އުޅޭކަން  މީޑިއާ  އަށް  ހާމަކޮއްފައެއް  ނުވެއެވެ.  އެހެން ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ސިދާތު ކުއްލިއަކަށް މަރުވިއިރު އެދެމީހުން ކައިވެނި ކުރުމަށް މިއަހަރުގެ ޑިސެމްބަރަށް ދިއައީ ތައްޔާރުވަމުންނެވެ.   

ސިދާތުގެ  ކުއްލި  މަރާގުޅިގެން  ޝެހެނާޒްގެ  ބަހެއް  މީޑިއާތަކަށް  މިހާތަނަށް  ލިބިފައި  ނުވާއިރު  ޝެހެނާޒްގެ ހާލު  ރަނގަޅު  ނޫންކަމަށް އޭނާގެ ބައްޕަ އާއި  ހަވާލާދީ  އިންޑިއާގެ  ނޫސްތަކުގައި މީގެ ކުރިންވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ޝެހެނާޒް އޭނާގެ ބައްޕައާ ފޯނުން ވާހަކަ ދައްކަމުން ސިދާތު މި ދުނިޔެ  ދޫކޮށް ދިޔައީ އޭނާގެ އަތުތެރޭގައި ކަމަށާއި، ދެން އޭނާ ކީއްތޯ ކުރާނީ އަދި ކިހިނެއްތޯ ދިރިއުޅޭނީ ބުނެފައިވާކަމަށް ޝެހެނާޒްގެ ބައްޕަ ބުނެއެވެ. 

ސިދާތުގެ ކުއްލި ވަކިވުމާއެކު ޝެހެނާޒަށް ވަނީ  ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. ސިދާތުގެ މޫނު ދެއްކުމަށް ފަހު އޭނާގެ ހަށިގަނޑު ގެންދެވުނު އިރު  ސިދާތުގެ ހަށިގަނޑު ގެންދިޔަ އެމްބިއުލާންސްގެ ފަހަތުން ޝެހެނާޒް ދުއްވައިގަތް މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެސް ވެފައެެވެ.

އިންޑިއާގެ ނޫސްތަކުން ސެހެނާޒްގެ އާއިލާއާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުން އޭނާގެ ހާލު އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ގިނަވަގުތު ހޭދަކުރަނީ ހިތާމަކުރުމުގައި ކަމަށާއި ސިދާތުގެ މަަރަށްފަހު އެއްވެސް މީހަކާއި ސެހެނާޒް ވާހަކަ ނުދައްކާ ކަމަށް އާއިލާއިން ބުނެއެވެ. 

ޝެހެނާޒްގެ ހާލަތު ހުރިގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމް “ހޯސުލާ ރަކް”ގެ ޝޫޓިންވެސް އޮތީ މަޑުޖެހިފައެވެ. ފިލުމުގެ ޕްރޮޑިއުސަރު ބުނީ ޝެހެނާޒް ހަމައަކަށް އެޅި ކެމެރާ ކުރިމައްޗަށް ފުރިހަމައަށް ރެޑީ ވެވެންދެން ޝޫޓިން ނުފަށާނެ ކަމަށެވެ.

20%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް