ads
ޅ.ކުރެންދޫ ގެއަކަށް އުދައަރާފައި: މިހާދިސާ ހިނގީ ރޭ ދަންވަރު
ކުރެންދޫގެ 100 ގެއަކަށް އުދަ އެރި: ކައުންސިލް
ރޭ އެރި އުދައިގެ ސަބަބުން ޅ ކުރެންދޫގެ 100 އެއްހާ ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލް ރައީސް އިބްރާހީމް ސިމާއު ސީއެންއެމް އަށް ވިދާޅުވީ އެރަށުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް އުދަ އެރި ކަމަށެވެ. ރޭފަތިހު ތިނެއްޖަހާ އެހާކަށްހާއިރު އެރަށަށް އުދައެރީ ދެކުނުކޮޅުން ރަށުގެ ބޯޅަދަނޑާދިމާލުންނެވެ. 

"ރަށުގެ ގިނަ މީހުން އެންމެ ދެރަވަނީ ބޯޅަދަނަޑު ހަލާކުވީމަ . ސަބަބަކީ އެދަނޑަކީ ކައުންސިލާއި ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހަދާފައިވާ ޓާފްދަނޑެއް އެހެންވީމާ މީހުން ވަރަށް ދެރަވެފައިތިބީ. ދަނޑު ވަނީ އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލަކުވެފައި" ރައީސް ވިދާޅުވިއެވެ.

your imageކުރެންދޫ ބޯޅަ ދަނޑު:އުދައިގެ ސަބަބުން އެއްކޮށް ހަލާކުވެފައި

އެރަށުގެ ބޯޅަދަނޑާ ދިމާލުން ރާޅު އަރައި ބޯޅަދަނޑުގެ ވަށާފާރު ވަނީ އެއްކޮށް ވެއްޓިފައެވެ. 

ކައުންސިލުން ބުނީ ރަށުގެ ބައެއްގެތަކަށްވެސް ވަރަށް ބޮޑުގެއްލުންތައް ވެފައިވާ ކަމަށެވެ. އެގޮތުން ބައެއްގޭގޭގައި ހުރި އައިސްއަލަމަރިއާއި ، ބޭނުންކުރާ އެހެނިހެން ބައެއްތަކެތި ވެސް ހަލާކުވެފައިވާކަމަށެވެ. އެހެންވެ ކައުންސިލުން މިހާރު ދަނީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް އެކަން އަންގަމުންނެވެ. 

your imageއެރި އުދައިގެ ސަބަބުން ގެއެއްގެ ތެރޭ ފެންބޮޑުވެފައި

ރަށުގައި ހައްދާފައިވާ ގަސްގަނހާގެއްސަށްވެސް މިކަމުގެ ސަބަބުން ގެއްލުން ލިބިފައިވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ކައުންސިލުން ފާހަގަ ކުރަނީ މިއީ ރަށުގައި ދިރިއުޅެމުން އަންނަ 1100 އެއްހާ މީހުނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. 

"އެހެން ނަމަވެސް މިހާރު އަންނަނީ ހަމައަކަށް އެޅެމުން . ސާފުކުރުމުގެ މަސައްކަތް ކުރަމުންގެންދަނީ " ސިމާއު ވިދާޅުވިއެވެ. 

your imageރަށުތެރޭގައި ފެންބޮޑުވެފައި

އެރަށަށް ރާޅު އެރި ދިމާލުގައި ރިވެޓް މެންޓްވެސް ޖަހާފައިވާކަމަށް ކުރެންދޫ ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް އެކައުންސިލުން ބުނީ ރިވެޓްމެންޓް މަތިންލާފައި އުދައެރީކަމަށެވެ. 

ޖުމްލަ 2080 މީހުން ރެޖިސްޓްރީގައި އޮންނަ އެރަށުގެ މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން އުޅެނީ ރަށުން ބޭރުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް