ads
ބްރޫނޯ ފެނާންޑޭސް
ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބު ނުވެ ޔުނައިޓެޑު ބަލިވެއްޖެ
ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި އެސްޓަންވިލާ އަތުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެއެވެ. ޔުނައިޓެޑު ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑު ބަލިވި މި މެޗަކީ މި ސީޒަންގައި ލީގުގައި ފުރަތަމަ ބަލިވި މެޗެވެ. މި މެޗުގައި އެސްޓަންވިލާއިން ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ދެ މިނިޓަށް ވެފައިވަނިކޮށެވެ. އެހެންނަމަވެސް އޭނގެ ފަހުން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބި ނާކާމިޔާބުވިއެވެ. 

ޔުނައިޓެޑަށް އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ ބްރޫނޯ ފެނާންޑޭސް އަތުންނެވެ. އަނެއްކޮޅުން މިއީ، ދެހާސް ނުވަވަނަ އަހަރުގެ ފަހުން އެސްޓަންވިލާއަށް ޔުނައިޓެޑުގެ ދަނޑުަގއި އެ ޓީމު އަތުން ހޯދުނު ފުރަތަމަ މޮޅެވެ. 

ލީގުގައި ދެން ޔުނައިޓެޑުން ކުޅޭން ޖެހޭ މެޗުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. މި މެޗުވެސް ކުޅޭނީ ޔުނައިޓޭޑުގެ ދަނޑުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް