ads
ގޯގީ މަރާލި ކޯޓުތެރެ
އިންޑިއާގެ ގޭންގްސްޓާ ގޯގީ ކޯޓެއްގައި ބަޑިޖަހާ މަރާލައިފި
ލޯޔަރުންގެ ގޮތުގައި ހެދުން ލައިގެން ތިބި ދެމީހުން ގޯގީ ގެ ނަމުން މަޝްހޫރު ޖިތެންދަރު މާން އަށް އަމާޒުކޮށް ބަޑިޖަހާ މަރާލައިފިއެވެ.

ރޯހިނީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕްރަނަވް ތާޔަލް ބުނިގޮތުގައި ގޯގީގަޔަށް ބަޑިޖެހުމުން ކޯޓުގައި ތިބި ޕޮލިހުން ކައުންޓަ އެޓޭކުކޮށް ވަގުތުން އެކަން ހުއްޓުމަކަށް ގެނައެވެ.

މަންޒަރު ދުށް ބައެެއް މީހުން ބުނި ގޮތުގައި މިކަން ހިނގާފައި ވަނީ ގަޒީ ގަގަންދީޕް ސިންގު ގެ ކުރިމަތީގައެވެ. އަދި ބަޑި ޖަހަން ފެށި ވަގުތު ގާޒީ އާއި އެތާނގައި ދެންތިބި މީހުންނަށް ގެއްލުމެއް ވެފައި ނުވާކަމަށާއި އެތަނުން އެވަގުތު ސަލާމަތްވެފައި ވާކަމަށް ބުނެފައި ވެއެެވެ.  މަންޒަރުދުށް ގާޒީ އެއްކަމަށްވާ އާރުކޭ ޖާ ބުނިގޮތުގައި އެވަގުތު ސިފައިންގެ ޔުނިފޯމުގަ އާއި ކުލަ ހެދުމުގައި ގާތްގަނަޑަކަށް 30 ސިފައިން ކޯޓު އެތެރޭގަ އާއި ބޭރުގައި ތިބިކަމަށާއި ގޯގީއަށް އަމާޒުކޮށް ބަޑިޖަހި ދެމީހުންނަށް ފިލަން ނުދެވޭނެކަމަށް ވެސް އެނގިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބަޑިޖެހި ދެމީހުންނަކީ ގޯގީގެ އިދިކޮޅު ގޭންގު މާރާމާރީގައި ފާއިތުވި 10 އަހަރު އެކި ކަހަލަ ތަޅާފޮޅުން ތަކުގައި ހަމަލާ ދެކޮޅުން ދެމުންދާ ޒަމާންވީ ދުޝްމަނުންގެ ތެރެއިން ދެމީހުންނެވެ. އޮފިޝަލުން ބުނިގޮތުގައި މިފަދަ އެތައް ދުޝްމަނުންނެއް ގޯގީގެ އެބަތިއްބެވެ.

މިދިއަ އަހަރުގެ މާޗު މަހުގައި އިންޑިއާގެ ދިއްލީގައި ގޯގީ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް މީހުން މެރުމުގެ ތުހުމަތުތަކާއި ނުހައްގުން ފައިސާ ފޭރުމުގެ އެތައް ތުހުމަތެއްގައެވެ.

13%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް