ads
ގައުމީ ޓީމުގެ ކޯޗިން ސްޓާފުން
އެކުވެރިކަމުގެ ފަހު މެޗު އެއްވަރު
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ދިވެހި ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން އެއްވަރު ވެއްޖެއެވެ. ގަތަރު އާމީއާ ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ދިވެހި ޓީމުން ލަނޑު ޖެހީ އަލީ ފާސިރުއެވެ. އަލީ ފާސިރަކީ، އެންމެ ފަހުގެ ސާފު ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިޔާ ކޮޅަށްވެސް ލަނޑު ޖެހި ކުޅުންތެރިއެކެވެ.

ސާފަށް ތައްޔާރުވުމަށް ގަތަރުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެވަނީ މިދިޔަ ހަފުތާ ތެރޭ މޮޅުވެފައެވެ. އެ މެޗުން ރާއްޖެ މޮޅުވީ ގަތަރުގެ ލުސައިލް އެފްސީ އަތުން ހަތަރު ލަނޑު ތިން ލަނޑުންނެވެ. ލުސައިލް އެފްސީއަކީ ގަތަރުގެ ދެވަނަ ޑިވިޝަންގެ ޓީމެވެ.

މި މެޗުގައި ހަތަރު ލަނޑު ތިން ލަނޑުން ރާއްޖެ މޮޅުވީ ފަހަތުން އަރައެވެ. މި މެޗުގައި ރާއްޖޭން ލަނޑުތައް ޖެހީ އަލީ އަޝްފާގު، އަލީ ފާސިރު އަދި އަލީ ހައިޝަމްއެވެ. އަލީ ހައިޝަން ދެ ލަނޑު ޖެހިއިރު، އަލީ ފާސިރުގެ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ގަތަރު ކޭމްޕު ނިންމާފައި ދިވެހި ޓީމު މި ހަފްތާ ތެރޭ މާލެ އަންނާނެއެވެ. ސާފު ޗެމްޕިއަންޝިޕް ފެށޭނީ އަންނަ ހުކުރު ދުވަހުއެވެ. ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް