ads
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހޯދަން ރެޑް ނޯޓިސް ނެރުނު މީހުން-
އެމްއެމްޕީއާރުސީ މައްސަލައިގައި އެސްއޯއެފްއަށް ދައުވާ ނުކުރާ ސަބަބު ދައުލަތުން ކިޔާދީފި
މޯލްޑިވްސް މާކެޓިން އެން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ފްލެއާސް (އެސްއޯއެފް) އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރި ސަބަބު ދައުލަތުން ހާމަކޮށްފި އެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުން ބުނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެންމެ ބޮޑަށް ޝާމިލްވާ އެސްއޯއެފް ކުންފުނީގެ މީހުންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމައިފައިވަނީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެ މީހުންގެ އެހީތެރިކަން މުހިންމުވާތީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑްރިން ކުށުގެ މައްސަލައިގައި ދެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމައިލައިފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ސާފުކުރުމަށް ބޭނުންވާ ކަންކަމުގައި ސުވާލު ކުރުމުގެ މަރުހަލާއެވެ.

މިއަދުގެ އަޑުއެހުމުގައި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މައްސަލައާ ގުޅިގެން ދައުލަތާއި ސުވާލުތަކެއް ކުރިިމަތިކޮށްފައެވެ.  

އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްސަލަ ތަހުގީގު ކުރޭތޯއާ އެ ފަރާތްތަކަށް އެއްވެސް ދައުވާއެއް ކުރުމަށް ނިންމާފައިވޭތޯ ޑރ. އަޒްމިރަލްދާ ސުވާލުކުރައްވާފައިވެއެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ އެސްއޯއެފްއަކީ އެ މައްސަލައިގައި ހިމެނޭ ފައިސާ ލޯންޑާ ކުރުމަށް ބޭނުން ކުރި އެއް ފަރާތް ކަމަށާއި އެންމެ ފުރަތަމަ އެ މައްސަލަ އޭސީސީން ތަހުގީގު ކުރިއިރު އެސްއޯއެފްގައި ޝާމިލްވާ ފަރާތްތައް ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ކަމުން އެ ދުވަސްވަރު އެސްއޯއެފްއަށް ނިސްބަތްވާ ފަރާތްތަކާއި ސުވާކުރެވިފައި ނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ. 

އެ މައްސަލައިގައި ގިނަ ފަރާތްތަކަށް ފައިސާ ފޮނުވައިފައިވަނީ އެސްއޯއެފް މެދުވެރިކޮށް ކަމަށް ވަތީ، އެހެންކަމުން އެމައްސަލައިގައި އެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވީ ފައިސާތައް ހޯދުމަކީ މުހިންމު ކަމަކަށް ވާއިރު، އެ ފައިސާތައް ހޯދެން އޮތީ އެސްއޯއެފްގެ މީހުން ދޭ ހެކިބަހުގެ މައްޗަށް ކަމަށެވެ.

އެސްއޯއެފްގެ ދެ މީހެއްގެ ބަޔާން ނަަގައި ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް އެ މީހުންގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ބަޔާންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށެވެ.

އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިިތުރުން އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހޯދަން މީގެ ކުރިން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު، ފަހުން އެ ރެޑް ނޯޓިސް ވަނީ ބާތިލުކޮށްފަ އެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތުގެ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި އޮންނާނީ ކަފާލާތުން ދޫކޮށްލުމާއި ހުކުމް ފަސްކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް