ލޯބިވެރިންގެ ދުވަހުގައި ސާރާ އާއި ކާތިކް ޑޭޓަކަށް ދަނީ
18 ޖެނުއަރީ 2020 - 11:46:29
އަންނަ މަހުގެ 14 ވަނަ ދުވަހަކީ ލޯބިވެރިންގެ ދުވަހެވެ. އެދުވަހު ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ ތަރި ސާރާ އަލީ ހާނާއި ކާތިކް އަރިޔާން ޑޭޓަކަށް ދިއުމަށް ނިންމާފައިވާ ކަމަށް ކާތިކް ބުނެފިއެވެ.

އިމްތިއާޒު އަލީ ހާނުގެ ކުރިއަށް އޮތް ފިލްމު "ލަވް އާޖް ކަލް2" ގައި ސާރާ އާއި ކާތިކް ފެނިގެންދާއިރު އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު (ލޯބިވެރިންގެ ދުވަހު) އެވެ.
އެފިލްމުގެ ޓްރެއިލާ ވަނީ ދާދި ފަހުން ނެރެފައެވެ. ޓްރެއިލާ ނެރުމަށް ބެއްވި އިވެންޓުގައި ދެފަންނާނުން ވެސް ވަނީ ނޫސްވެރިން ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދީފައެވެ.
އެގޮތުން ލޯބިވެރިންގެ ދުވަހުގައި ދެފަންނާނުން ރާވާފައި އޮތް ގޮތާމެދު އެ އިވެންޓުގައި ވަނީ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެމުން ސާރާ ބުނީ "ލަވް އާޖް ކަލް2" ބަލާނީ ކަމަށެވެ. އަދި ކާތިކް ވެސް އަންނާނެ ކަމަށް ސާރާ ވަނީ ބުނެފައެވެ.
އެސުވާލަށް ޖަވާބު ދެމުން ކާތިކް ބުނީ ސާރާ އާއެކު އެދުވަހު ޑޭޓް އަކަށް ދާން ނިންމާފައިވާ ކަމަށެވެ.
ކާތިކް ވަނީ އޭނާއަށް ސާރާ ވަރަށް ކަމުދާކަން މިދިޔަ އަހަރުގެ ކޮފީ ވިތު ކަރަން ޝޯގެ ތެރެއިން ހިއްސާކޮށްފަ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފެނުން ވަނީ އާންމުވެފަ އެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ވެސް މީގެ ކުރިން ވަނީ އަޑުތައް އަރާފައެވެ.
ކެދާނަތުގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު ނެރުނު ފިލްމު "ސިމްބާ" ގައި ވެސް ސާރާގެ މަސައްކަތް ފެނިގެންގޮސްފައިވެއެވެ.
ކާތިކް މަޝްހޫރު ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ލަވް ރަންޖަން ޑައިރެކްޓުކޮށް ނެރުނު ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" ގައި މަސައްކަތް ކުރި ފަހުންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް