ads
ޖާހިލިއްޔަ ޒަމާނާ، ބައެއް ދިވެހިންގެ އަމަލުތަކާ ތަފާތެއް ނެތް!
ހިތާމަވެރިކަމެކެވެ. އެ ކުއްޖާގެ ކުށަކީ ކޮބައިބާވަ އެވެ؟ ތިމާގެ އަމިއްލަ ލެޔަށް އެވަރުގެ އަނިޔާއެއް ދޭން ބަފަޔަކަށް ކެރުނީތީ ލަދުވެތިވަމެވެ. ފިރިހެނަކަށް ވީތީ އެވެ. ދިވެހި މުޖުތަމައުގައި ހިމެނޭ ދިވެއްސަކަށް ވީތީ އެވެ.
ހިތާމަވެރިކަމެކެވެ. އެ ކުއްޖާގެ ކުށަކީ ކޮބައިބާވަ އެވެ؟ ތިމާގެ އަމިއްލަ ލެޔަށް އެވަރުގެ އަނިޔާއެއް ދޭން ބަފަޔަކަށް ކެރުނީތީ ލަދުވެތިވަމެވެ. ފިރިހެނަކަށް ވީތީ އެވެ. ދިވެހި މުޖުތަމައުގައި ހިމެނޭ ދިވެއްސަކަށް ވީތީ އެވެ.

ބަފައިވަންތަ ކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނެތީބާއެވެ؟

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް ބައެއް ނޫނެވެ. އެމީހުން އަންހެން ކުދިން ލިބިއްޖެ ނަމަ އެކަމާ ނުރުހުންވެއެވެ. އަދި އެކުދިން ދިރި ތިއްބާ ވަޅުލައެވެ. މިއީ ކީރިތި ޤުރުއާނުގައި ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި މެދު އަމަލުކުރެވޭ ގޮތްކަމަށް ބަޔާންކުރައްވާފައިވާ ގޮތެވެ. ރަހުމެއް ކުލުނެތް ނެތް ދަށުދަރަޖައިގެ އަމަލުތަކެކެވެ.

މިއަދު މިއިވޭ ވާހަކަތަކާއި އޭރާ ތަފާތެއް އެބަހުރި ހެއްޔެވެ. ތަފާތުވީ ޒަމާނެވެ. ބަދަލުވީ ދިރިއުޅުމުގެ ހާލަތެވެ. އެހެން ނަމަވެސް ކުރަނީ، އެންމެ ހަޑިމުޑުދާރި ނަޖިސް އަމަލުތަކެވެ.

މިފަދަ ކަންކަން ރާއްޖޭގައި ތަކުރާރުވާތީ އެކަންކަން ހުއްޓުވުމަށް ކަމާއިގުޅުންހުރި ފަރާތްތަކުން މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. ރާއްޖޭގައި މިފަދަ ކަންކަމަށް ހެދިފައިހުރި ޤާނޫނުތައް މަދެއް ނޫނެވެ.

ޢާއިލާއާބެހޭ ޤާނޫނު، ކުުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު، ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްޞަ އުޞޫލަކުން އަމަލުކުރުމުގެ ޤާނޫނު، ޖިންސީ ގޯނާކުރުން ހުއްޓުވުމާބެހޭ ޤާނޫނު، ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމު، މިހިރީ ހައްތަހާވެސް ރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކެވެ. ނަން ހުސްކޮށް ޤާނޫނުއޮތަސް ފެންނަން އޮތް ހަގީގަތަކީ ކުޑަކުދިންނާއި ގުޅުންހުރި އެކި މައްސަލަތައް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅޭ މިންވަރު މަދުނުވާ ކަމެވެ.

ތަކުރާރުކޮށް އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ މީހުން ވެސް މުޖުތަމައަށް ދޫކޮށްލެވިފައި ތިބިކަމެވެ.

މައްސަލައަކީ ގާނޫނުތައް ތަންފީޒުނުވުމެވެ. މަސްއޫލިއްޔަތު އާދާނުކުރެވި ބޮޑު ގޮނޑީގައި ތިއްބެވުމެވެ.

މިފަދަ ކަންކަން ހުއްޓުވުމުގައި މުޖުތަމައުގެ ރޯލުވެސް ވަކި ކުޑައެއް ނޫނެވެ. އެފަދަ ކަންކަން ހިނގާއިރު، ކަމާއި ގުޅުންހުރި އިދާރާތަކަށް ނާންގާ ކައުންސިލްތަކާއި ރަށްރަށުގެ ޒިންމާދާރު ވެރިން ތިއްބަވާތީ އެވެ. ރަށުގެ ރައްޔިތުން ހަނު ތިބޭތީ އެވެ.

އެހެން ނަމަވެސް މީގެ މާނައަކީ ގާނޫނު އަމިއްލަ އަތުން ތަންފީޒު ކުރުމަށް ނިކުތުމެއް ނޫނެވެ. ތަހުޒީބީ ވިސްނުމަކުން ކަންކަމާއި މެދު ވިސްނާ ޤާނޫނީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ކުޑަކުދިންނާއި ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ވިދާޅުވާށެވެ.

އުމުރުން 2 އަހަރުގެ ކުއްޖަކު ރޭޕު ކުރި މައްސަލައިގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެން ޖެހޭ ސްޕީޑުގައި ފޯރުކޮށްނުދޭކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް