ads
އިނާދު
އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް އިންޒާރު ދިން އިނާދު ދޫކޮއްލައިފި
އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް އިންޒާރުދިން މުޙައްމަދު ޢިނާދު ޝަރުތު ތަކާއި އެކު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

ޝޯޝަލް މީޑިއާ މެދުވެރިކޮށް ދިން އިންޒާރުގައި އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ބޭނުންވަނީ އާރްޑީއެކްސް ކަމަށާއި އަދި އެކަން ވަރަށް އަވަހަށް އޭނާ ކުރާނެކަމަށްވަނީ އޭނާ ވަނީ ބުނެފައެވެ. މިއިބާރާތުން ޓްވީޓް ކޮށްފައިވަނީ ރޯޔަލް ހުސެއިން ތަކުރުގެ އެކައުންޓް ބޭނުންކޮށްގެންނެވެ. 

ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ޓެރަރިޒަމަށް ހިތްވަރު ދިނުމާއި، ބިރުދެއްކުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. މިދަޢުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަދުވެގެން ހަތަރު އަހަރާއި އަށް އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކާއި، ޖިނާޢީ އިޖުރާއަތުގެ ގަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު ޢިނާދުގެ ފަރާތުން އެފަދަ ކަމެއް ވުޖޫދުގައި ނެތުމުން އަދި ޢިނާދުގެ ކުށުގެ ރެކޯޑު ސާފުކަމާއި، އިންޒާރު ދީފައިވަނީ ޝޯޝަލް މީޑިއާ މެދުވެރިކޮށް ކަމުން، އަދި އޭނާ ދިން އިންޒާރާއިއެއްގޮތަށް ޢަމަލު ކުރުމުގެ އެއްވެސް ނިޔަތެއް ނެތަތީ ކްރިމިނަލް ކޯޓުުން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް ބަންދުން ދޫކޮށްލުމަށް 30 ސެޕްޓެމްބަރ ގައި ބޭއްވުނު އަޑުއެހުމުން ވަނީ ނިންމާފައެވެ.

މިމައްސަލާގައި ދަޢުލަތުން ދަޢުވާ ކޮށްފައިވާ މުހައްމަދު ޢިނާދަކީ އެމްޑީޕީގެ އިސްއެކްޓިވިސްޓެކެވެ. އެންމެ ފަހުން ބޭއްވުނު މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި ދެކުނު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޢިނާދު ވަނީ ވާދަކޮށްފައެވެ. މި މައްސަލަ ޖެހުމާއި އެކު އޭނާ އެމްޑީޕީގެ މެމްބަރު ކަމުން ވަކި ކުރުމަށް އެޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް