ads
ސަލްމާން ހާން
ކައިވެނި ކުރަންވީ އުމުރު ހިނގައްޖެ: ސަލްމާން
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާން އަކީ މިހާރު ބޮލީވުޑުގައި ހުސްކޮށް ހުރި ތަރިންތަކުގެ ތެރެއިން ކައިވެންޏެެއް ނުކޮށް އެންމެ ގިނަ ދުވަސް ވީ އެއްތަރިއެވެ.

ފޭނުން ތިބީ އޭނާ ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އޭނާ އާ ކުރާ އިންޓަވިއުތަކުގައިވެސް އެންމެ ގިނައިން ކުރިމަތިވާ އެއް ސުވާލަކީ ވެސް މިއެވެ. މިއިން ކޮންމެ ފަހަރަކު އޭނާ ބުނަނީ ކައިވެނިކުރަން އަދި ވަގުތު އެބައޮތް ކަމަށެވެ. ނަމަވެސް މިފަހުން އޭނާ އާ މިސުވާލު އަމާޒުވުމުން ކައިވެނި ޕްލޭނާ މެދު އޭނާގެ ހިޔާލު މުޅިން ތަފާތެވެ.

ބިގްބޮސްގެ ޕްރިމިއާ ނައިޓުގައި މިސުވާލު މިފަހުން ވަނީ އަމާޒުވެފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ސަލްމާން ބުނީ ކައިވެނި ކުރަން އަދިވެސް ވަގުތު އެބައޮތޭ މިފަހަރު ނުބުނާނަން ކަމަށެވެ. އަދި އެވަގުތު ފާއިތުވެއްޖެ ކަަމަށް ބުނެ އޭނާ ވަނީ އެމައުލޫ ނިންމާލާފައެވެ. 

ސަލްމާންގެ މި ޖަވާބާ އެކު ގިނަ ބަޔަކު މިހާރު ދަނީ ސަލްމާންގެ އެވާހަކަތަކުގެ މާނައަކީ އޭނާ ދެން ދުވަހަކުވެސް ކައިވެނި ނުކުރާނެތޯ ސުވާލު އުފައްދަމުންނެވެ.

ސަލްމާން މީގެ ކުރިންވަނީ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއީ އާވެސް ރަށްޓެހިވެފައެވެ. ނަމަވެސް އެގުޅުން ކައިވެންޏަކާ ހަމަޔަކަށް ނުދެއެވެ. ފޭނުންނަށް ދެން އެންމެ ކަމުދިޔައީ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އާއި ސަލްމާންގެ ގުޅުމެވެ. 

މިދެމީހުން އެތައް ދުވަހެއް ވަންދެން ރަށްޓެހިވެގެން އުޅުމަށްފަހު ރުޅިވިނަމަވެސް ދެމީހުންގެ އެކުވެރިކަމަކަށް ބަދަލެއް އަދިވެސް ނާދެއެވެ. 

ހަބަރުތައް ބުނާ ގޮތުން ސަލްްމާން ވަނީ ކެޓްރީނާ އާއި ކައިވެނިކުރަން ބޭނުންވެގެން އޭރު ޕްރޮޕޯސްވެސް ކޮށްފައެވެ. އެގޮތުން ކެޓްރީނާގެ އުފަންދުވަހެއް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން ސަލްމާން ވަނީ ކަކޫ މައްޗަށް ތިރިވެ ކެޓްރީނާ ކައިރީ އިންނަން އަހާފައެވެ.

ކެޓްރީނާގެ އާއިލާ އާއި، ބޮލީވުޑްގެ ތިން ހާނުން އިންތިޒާމުކޮށްގެން ޕްލޭންކުރި އެ ޕްރޮޕޯސަލްއަށް އެވަގުތު ކެޓްރީނާއަށް ރިއޭކްޓުކުރާނެ ގޮތެއް ނޭނގުނު ކަމަށް ހަބަރުތައް ބުނެއެވެ. ހަބަރުތައް ބުނާ ގޮތުން ކެޓްރީނާ އޭރު ހުރީ ކައިވެންޏަކަށް ރެޑީ ވެގެންނެއްް ނޫނެވެ.

ސަލްމާން އާއި ކެޓްރީނާގެ ގުޅުން ކެޑުމަށް ފަހު ކެޓްރީނާ ދެން ރަށްޓެހިވީ ރަންބީރު ކަޕޫރާއެވެ. ހަބަރުތައް ބުނާ ގޮތުން އެފަހުން  ސަލްމާންގެ ކޮއްކޮގެ ޕާޓީއެއް ތެރެއިން މަޖާ ކުރަމުން ސަލްމާން ވަނީ ކެޓްރީނާ އަށް ހާންއަކަށް ވުމުގެ ފުރުސަތު އޭނާ ދިނިން ކަމަށާއި ނަމަވެސް ކެޓްރީނާ ޗޫސްކުރީ ކަޕޫރު ކަމަށް ބުނެ ޖޯކް ވެސް ޖަހާފައެވެ.

ކެޓްރީނާ އާއި ރަންބީރުގެ ގުޅުންވެސް ފަހުން މެދު ކެނޑި މިހާރު ކެޓްރީނާ ހުރީ ހުސްކޮށެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުން އޭނާ ވަރަށް އަވަހަށް ކައިވެނިކުރަންވެސް ދަނީ ވިސްނަމުންނެވެ. 

ބައެެއް މީހުން ބުނާ ގޮތުން ސަލްމާން މިހުރިހާ ދުވަހު ކައިވެނި ނުކޮށް މަޑުކުރީ ކެޓުރީނާގެ އިންތިޒާރުގައި ކަމަށް ވެދާނެ ކަމަށެެވެ. އަދި ސަލްމާން އެވަގުތު މިހާރު ފާއިތުވެެއްޖެ ކަމަށް އެބުނީ ކެޓުރީނާ އެހެން މީހަކާއި ކައިވެނިކުރަން އުޅޭތީ ކަމަށް ވުން އެކަށީގެން ވާކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް