ads
ވޯލްޑް އިންވެސްޓަ ވީކް
"ވާލްޑް އިންވެސްޓަ ވީކް" ގައި ސީއެމްޑީއޭ އިން މިފަހަރުވެސް ތަފާތު ހަރަކާތްތަކެއް
2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ސެކިއުރިޓީޒް ރެގިއުލޭޓަރުންގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާކަމަށްވާ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (އައިއޯއެސްސީއޯ) އިން އޮކްޓޯބަރ މަހުގެ ފާހަގަކުރާފުރަތަމަ ހަފްތާގައި "ވާރލްޑް އިންވެސްޓަރ ވީކް" ގައި ބައިވެރިވުމުގެ ގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަހަރު ވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިހަފްތާ ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ފަހަށް ރައްކާކުރުމާއި އިންވެސްޓް ކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކޮށް އިތުބާރު އުފައްދައި ދެމެހެއްޓުމުވެ. މިކަމުގެ ހަރަކާތްތައް ރާއްޖޭގައި ފެށުމުގެ ގޮތުން އެ އޮތޯރިޓީން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކެވެ.

މިއަހަރުގެ ހަރަކާތް ތަކުގައި ވެސް އެހެން އަހަރު ތަކެކޭ އެއްފަދައިން މާލީ ދާއިރާގެ އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ވަނީ ބައިވެރިވެފައެވެ. 

މިއަހަރުގެ ވާލްޑް އިންވެސްޓަ ވީކްގެ ތެރެއިން ފައިނޭންޝަލް ސްކޭމްތަކާއި ފްރޯޑްއަށް އާންމުން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް އަލިއަޅުވާލާ އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވަނީ ވާހަކަ ދައްކަވާފައިވެއެވެ. 

އެގޮތުން، ކޮވިޑް-19 އާއި ގުޅިގެން މާލީ މުޢާމަލާތް ކުރުމުގެ ކަންކަމުގައި ޓެކްނޮލޮޖީގެ ދައުރު ކުރިއަށް ވުރެ ފުޅާވެ، ސްކޭމްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދުނިޔޭގެ ފެންވަރުގައި މި ފަދަ ހަފްތާއެއް ފާހަގަކުރުމުގެ ބޭނުމަކީ ފައިނޭންޝަލް ލިޓަރަސީގެ މުހިންމުކަން އަންގައި ދިނުމަށާއި، އިންވެސްޓުކުރުމުގައި ބަލަންޖެހޭ އަސާސީ ކަންކަމަށް ދަރިވަރުންނާއި އާންމުން ހޭލުތެރި ކުރުވުން ކަމަށް ސީއީއޯ މުހައްމަދު ހުސައިން މަނިކު ފާހަގަކުރެއްވި އެވެ. އެހެންކަމުން، މާލީ މުޢާމަލާތްތައް ކުރުމުގައި، އޭގައި އެކުލެވޭ ރިސްކާއި އަދި އޭގެ ސައްހަކަން ދެނެގަންނަން ޖެހޭކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. 

މީގެ އިތުރުން މި ހަފްތާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތް ތަކުގެ ތެރޭގައި، ކެޕިޓަލް މާރކެޓާއި، ފައިނޭންޝަލް ލިޓަރަސީއަށް އާންމުން އަހުލުވެރިކުރުވުމުގެ މަގްސަދުގައި އެއް ހަފްތާގެ މުއްދަތަށް އާންމުކޮށް ހުޅުވާލައިގެން ސޯޝަލް މީޑިއާ ކުއިޒް މުބާރާތެއް ސީއެމްޑީއޭ ފޭސްބުކް މެދުވެރިކޮށް ހިންގުމާއި، އާންމުންނާއި، ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންނަށް ކެޕިޓަލް މާރކެޓާ ގުޅޭ މައުލޫމާތުގެ އިތުރުން ފަހަށް ރައްކާކުރުން އަދި އިންވެސްޓް ކުރެވޭނެ ގޮތްތަކާގުޅޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސީއެމްޑީއޭގެ ފޯން 3336619 އަށް ގުޅުއްވުމުން ލިބިފަޑައިގަންނަވާނެކަމަށް އެ އޮތޯރިޓީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް