އެމްއެންޕީ ޕްރެސް - ފޮޓޯ : އެމްއެންޕީ
އެމްއެންޕީގެ މަގާމުތަކަށް 54 މެންބަރަކު ފޯމް ހުށަހަޅައިފި
Share
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެއެންމެ ފަހުގެ ތައްޔާރީތައް އެ ޕާޓިން ފަށައިފިއެވެ.
Advertisement

އެމްއެންޕީގެ ފަރާތުން 08 އޮކްޓޯބަރު ވާ ހުކުރު ދުވަހު ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އިންތިހާބުުކުރުމަށްޓަކައި، ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި 03 އޮކްޓޯބަރު 2021 ގެ މެންދުރުފަހު 2:00 ވަނީ ހަމަވެފައެވެ. މި ސުންގަޑިއާ ހަމަޔަށް އިންތިހާބުގައި ބައިވެރިވުމަށް މުޅިޖުމްލަ 54 ފޯމް ވަނީ ހުށަހަޅާފައެވެ.

ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަގާމުތަކުގެ ތެރޭގައި، ޕާޓީގެ ރައީސަކާއި، 6 ނައިބު ރައީސުން އިންތިހާބުކުރަން ހަމަޖެހިފައިވާއިރު 6 ނައިބު ރައީސުންގެ ތެރެއިން އެއް މަގާމަކީ އަންހެން ބޭފުޅަކަށް ހާއްސަ މަގާމެކެވެ. މީގެ އިތުރުން ޕާޓީގެ އަންހެނުންގެ ވިންގުގެ ލީޑަރު ކަމާއި، ޒުވާނުންގެ ވިންގް ލީޑަރުގެ އިތުރުން ކައުންސިލް މެންބަރުންގެ ގޮތުގައި 21 މެންބަރަކު އިންތިހާބުކުރަންވެސް ވަނީ ހަމަޖެހިފައެވެ. ކައުންސިލް 21 މެންބަރުންގެ ތެރެއިން 7 މަގާމް ހާއްސަ ކުރެވިފައިވަނީ އަންހެނުންނަށެވެ. 

މި މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އިންތިހާބުކުރާ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައި ވަނީ ހަމަ އެކަނި ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އެވެ. ނައިބު ރައީސް ކަމުގެ މަގާމަށް 6 މެންބަރުން އިންތިހާބުކުރަން ހަމަޖެހިފައިވާއިރު މި މަގާމަށް ޖުމްލަ 9 މެންބަރަކު ވަނީ ކުރިމަތި ލާފައެވެ. އޭގެތެރޭގައި، އަންހެން ނާއިބު ރައީސް ކަމުގެ ސްލޮޓަށް މިރުފަތު އިސްމާޢީލް ޝަފީގް އަދި އާއިޝަތު ހުސައިން މަނިކު ވަނީ ކުރިމަތިލާފަ އެވެ. ނާއިބު ރައީސް، މަތި އުތުރު ރީޖަން އަށް ޝިދާތާ ޝަރީފް އާއި، މުހައްމަދު ސައީދު އަދި އަހްމަދު އަނޫޝް ވަނީ ކުރިމަތިލާފައެވެ. ނާއިބު ރައީސް، އުތުރު ރީޖަން ގެ ސްލޮޓަށް ހުސައިން އިސްމާއީލް  ކުރިމަތިލާފައިވާއިރު ނާއިބު ރައީސް، މެދު ރީޖަން އަށް ކުރިމަތިލާފައިވަނީ އަހްމަދު އުޝާމް އެވެ. ނާއިބު ރައީސް، މެދު ދެކުނު ރީޖަން އަށް ޢަބްދުﷲ ރިޔާޒް ކުރިމަތިލާފައިވާއިރު ނާއިބު ރައީސް، ދެކުނު ރީޖަން އަށް ކުރިމަތިލާފައިވަނީ އަހްމަދު ޝަރީފް އެވެ. 

އަންހެނުންގެ ވިންގގެ ލީޑަރު ކަމުގެ މަގާމަށް 3 މެންބަރަކު ކުރިމަތިލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ދުންޔާ މައުމޫން އާއި، އާއިޝަތު ޢަބްދުﷲ އަދި ޢާއިޝަތު ހުސައިން މަނިކެވެ. މީގެ އިތުރުން 

ޒުވާނުންގެ ވިންގގެ ލީޑަރު ކަމަށްވެސް ވަނީ ތިން މެންބަރަކު ކުރިމަތިލާފައެވެ. އޭގެތެރޭގައި ހިމެނެނީ އިރުފާން އަބްދުﷲ އާއި، ޢުމައިރު އަހްމަދު އަދި މުހައްމަދު އިސާމް ޢަބްދުﷲ އިބްރާހީމް އެވެ. 

14 ކައުންސިލް މެންބަރުން އިންތިހަބުކުރުމަށް ހަމަޖެހިފައިވާ ސްލޮޓުތަކަށް ޖުމްލަ 26 މެންބަރަކު ވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން ކައުންސިލަށް 7 އަންހެން މެންބަރުން އިންތިހާބުކުރަން ހަމަޖެހިފައިވާ ސްލޮޓުތަކަށް ޖުމްލަ 12 އަންހެން މެންބަރުން ވަނީ ކުރިމަތިާފައެވެ. 

އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވާ ހުކުރު ދުވަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގަ ކަމަށް އެޕޓީން މައުލޫމާތުދެއެވެ. 2 ދަންފަޅިއަށް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރުފަހު 2 އިން 6 އަށް، އަދި ދެވަނަ ދަންފަޅި ރޭގަނޑު 9 ސުންމިނެޓުން ފެށިގެން ކުރިޔަށްދާނެ ކަމަށްވެސް އެޕާޓީއިން ބުނެއެވެ. ފުރަތަމަ ދަންފަޅީގައި ކުރިޔަށް ދާނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލާޒިމުކުރާ ކަންކަމުގެ ތެރެއިން ޕާޓީގެ ނަން، ލޯގޯ، ކުލަ، ދިދަ އަދި އަސާސީ ގަވާއިދު ފާސްކުރުމާއި އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް މެންބަރުން އިންތިހާބު ކުރުމެވެ.

މިބައްދަލުވުމުގައި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ކުރިޔަށް ގެންދާ ވޯޓުލުމުގެ މަރުހަލާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ކަމަށްވެސް އެ ޕާޓީން ބުނެއެވެ. އަދި ބައްދަލުވުމުގެ އެހެނިހެން ކަންކަމާއި އިސް މަގާމުތަކަށް އިންތިހާބުވާ ފަރާތްތަކުގެ ވާހަކަފުޅު ދެއްކެވުން ކުރިޔަށްދާނީ ދެވަނަ ދަނފަޅީގައެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެމްއެންޕީ ސެކްރެޓޭރިއެޓްގެ ނަންބަރު 9708080، ނުވަތަ އެމްއެންޕީގެ ސްޕޯކްސްޕާރސަން އަސްރާ އަޙްމަދަށް ގުޅުއްވުން މައުލޫމާތު ލިބިގެން ދާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް